ރާއްޖެއަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ބޭރުގެ ގައުމުތަކާއެކުގައި މަސައްކަތް ކޮށްގެން މެނުވީ ކުރިއަށް ދެވެން އޮތް ގައުމެއް ނޫނެވެ. މުސްލިމްވަންތަ ކަމުގެ ގުޅުމުގެ ކުރިއަށް އިންސާނިއްޔަތުކަމުގެ އަސާސީ ހައްގުތަކަށް އިހުތިރާމު ކޮށްގެން ކުރިއަށް ދިޔުމަކީ ރާއްޖެއަށް އަބަދުވެސް އޮތް އެންމެ މަސްލަހަތު ހުރި ގޮތެވެ. އަދި އެއީ މާތް ވެގެންވާ އިސްލާމް ދީން ވެސް ބާރު އަޅާ ގޮތެވެ. 

އިސްލާމް ދީނުގެ ހުކުމްތަކަށް ފާޑުކިޔުމަކީ އެ ކަންކަން ވަރަށް ރަނގަޅަށް ދިރާސާކޮށްގެން ނޫނީ އާންމު މީހާއަށް ކުރެވޭނެ ކަންކަމެއް ނޫނެވެ. އެހެންވީމާ އެކަމަށް ފާޑެއް ކިޔާކަށް ނެތީމެވެ. ނަމަވެސް، ދީނުގެ ކަންކަން ގައުމުގައި ކުރިއަރުވާ އެކަންކަމަށް އަޑުއުފުލާ ހެދުމަކީ ނުހަނު މުހިންމު ކަމެކެވެ. ހަމަ އެގޮތަށް އިސްލާމު ދީނާ ދެކޮޅަށް ހިނގާ ކަންކަމުގައި ވެސް އަޑު އުފުލުމަކީ އިސްލާމްދީން ދެކެ ލޯބިވާ ބަޔަކު ކުރަންޖެހޭ ކަމެކެވެ. 


ނަމަވެސް، އެފަދަ އެއްވެސް ޝިއާރެއް ފާޅު ކުރުމުގައި އަނިޔާވެރިކަމަށް ގޮވާލުމަކީ އިސްލާމްދީން އެއްގޮތަކަށްވެސް ހިތްވަރު ދޭނެ ކަންކަމެއް ނޫނެވެ. އަމުދުން އެފަދަ ކަމެއްގެ ދިފާޢުގައި ކަމަށް ބުނެ މީހުންނަށާއި މީހުންގެ މުދަލަށް ގެއްލުންދީ ބިރުދައްކައި އަނިޔާވެރިކަން އިސްކުރުމަކީ އިސްލާމް ދީނުގެ ސައްހަ އަގީދާއާއި ދިމާ އިދިކޮޅު އަމަލުތަކެވެ.

ކޮންމެއަކަސް އިސްލާމް ދީނުގެ ނަމުގައި އިއްޔެ މާލޭގެ ގަލޮޅު ދަނޑުމަތިން ފެނިގެން ދިޔައީ މި ރާއްޖެއަށް އެތައްގޮތަކުން ގެންލުންތައް ލިބޭނެ ނޭދެވޭ އަމަލެކެވެ. އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަ ކުރުމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާ ޔޫތު މިނިސްޓްރީން ކުރިއަށް ގެންދިޔަ ހަރަކާތުގައި ރާއްޖޭގެ އެކި އިސްމަގާމުތަކުގައި ތިއްބެވި ބޭބޭފުޅުންނާއި، އެކި ގައުމުތަކުގެ ޝަރަފްވެރި މަގާމުތައް ތަމްސީލު ކުރަށްވާ އެތައް ބޭފުޅުންނެއް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ހަރަކާތަކީ ދީނާ ހިލާފު އަމަލެއްކަމަށް ބުނެ ބަޔަކު ނުކުމެވަނީ ގަލޮޅު ދަނޑުގެ ގޭޓުކައިރީފައި ތިބި ފުލުހުންގެ ސަފު ފޫއަޅުވާލާ ދަނޑުތެރެއަށްވަދެ، ހަރަކާތުގައި ބައިވެރިވި އެތައް ބަޔަކަށް ގެއްލުންތައް ދީފައެވެ.

ބައެއް ޑިޕްލޮމެޓުން ގައިގައި ފެންފުޅިފަދަ ތަކެތިންވެސް ޖަހާފައި އެބަހުރިކަމަށް ޔޫތު މިނިސްޓަރު މަހްލޫފް އިއްޔެ ވިދާޅުވިއެވެ. އަދި އެ ހަރަކާތުގައި ބޭނުންކުރި ކާތަކެއްޗަށާއި އެނޫންވެސްތަކެތި ނައްތާލަން މަސައްކަތް ކޮށްފައިވާއިރު، އެ ދުވަހުގެ މަންޒަރުތައް ފެނުނީ ވަރަށް ބިރުވެރިކޮށެވެ. މުންކަރާތާއި ޝިރުކު ހުއްޓުވުމުގެ ނަމުގައި ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ދަނޑިތަކެއް ހިފައިގެން މާރާމާރީ ހިންގައި އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެެ.

މަދު ބައެއްގެ އެ އަމަލުގެ ސަބަބުން ރާއްޖޭގެ އުޑުމަތީގައި ނަގާފައިވާ ބޯ ވިލާގަނޑުގެ ފުސްކަން ވަޒަން ކޮށްލެވެއެވެ. އިއްޔެގެ އެ އަމަލީ، ބައެއް ޝަރަފްވެރި ބޭބޭފުޅުން ދުވަހަކުވެސް އެއްވެސް ގައުމަކުން ތަޖުރިބާ ކުރި ކަންކަމެއް ނޫނެވެ. އެހެންކަމުން، ޓޫރިޒަމަށް ބަރޯސާ ވެފައިވާ މިފަދަ ގައުމެއްގައި، ހާއްސަކޮށް އަމާންކަން އިސްތިހާރުކޮށްގެން ޓޫރިސްޓުން ޝައުގުވެރިކުރުވާ މި ގައުމުގައި މި ހިނގި އަމަލުން، ރާއްޖޭގެ އިގުތިސާދަށް ބޮޑު ގެއްލުމެއް ވާނެއެވެ. އަދި އެ ލައްގަނޑު ފިލުވާލަން ލައްކަ ދުވަސް ނަގާނެއެވެ. މިއީ ކުރިމަގުގައި ވެސް ގައުމުގެ އެންމެހާ ފަރުދުން ވިސްނާ ފިކުރު ހިންގަން ޖެހޭނެ ހާދިސާއެކެވެ. ތަކުރާރުވިޔަ ދީގެން ނުވާނެ މަންޒަރެކެވެ.

ކިޔުންތެރިންގެ ހިޔާލު


0

ދާރިސް

25-Jun-2022

ރާއްޖޭގެ ނަން ކިލަނބުކޮށްލީ ފާޑެއްގެ ރީނދޫ ބައިގަނޑެއް މި ބިންމައްޗަށް ފާވި ހިސާބުން. އޭގެ ކުރިން ދިވެހިން ތިބީ ހަމަޖެހިގެން


0

އަހްމަދް..

25-Jun-2022

އިސްލާމް ދީނުގެ ހުކުމްތަކަށް ފާޑުކިޔުމަކީ އެ ކަންކަން ވަރަށް ރަނގަޅަށް ދިރާސާކޮށްގެން ނޫނީ އާންމު މީހާއަށް ކުރެވޭނެ ކަންކަމެއް ނޫނެވެ. އެހެންވީމާ އެކަމަށް ފާޑެއް ކިޔާކަށް ނެތީމެވެ. ކިތައްމެވަރަކަށް ދިރާސާ ކުރިައަސް އިސްލާމްދީނުގެ ޙުކުމްތަކަށް ފަޑެއް ނުކޔޭނެްއެވެ. މިއީ ރިޕޯޓަރު ބުނެގެން ވާނެ ބަހެއްނޫނެވެ.


0

ޜ

25-Jun-2022

އިންޑިއާ މީހުން ރާއްޖެ އައިސް އިސްލާމްދީނަށް ފުރައްސާރަ ކުރާއިރު ޤައުމަށް ގެއްލުމެއް ނުވޭތޯ


0

ދ

25-Jun-2022

އާން ވަރަށް ހައިބަތު ހުރި ކަމެއްވިއްޔާ ކުރަން އެއުޅުނީ. ކޮން ޔޯގާއެއްތަ😡


0

ތަކަތުވާ

25-Jun-2022

ޙާދަ ހީވެޔޭ ބައި ލިބޭ ނޫހެންހެން . ޓޫރިޒަމަކަށް އެއްކަމެއްވެސް ނުވާނެ އެހެނެއް ނޫން އިންޑިއަން ހައިކޮމިޝަނަރ އާ އިންޑިއާ ސަރުކާރު ވަރަށް ނުރުހުންވާނެ. އެއީ މުސްލިމް ބަޔަކު މިފަދަ ޢަމަލެއް ހިންގީތީ . ޢެހެންވެ ނޫންބާ އަންނި މަރަން ހަމަލާ ދިނީމަަ އެލާރޓަށް ނާންނަ ވަރަށް މުޅިގައުމު އެލާރޓަށް އައިސްފަ މިއޮތީ. ޙުރިހާ އޮފީސްތަކުން ބަޔާންތައް ނެރެ މުން ގެންދަނީ.


1

ރަފީއު

25-Jun-2022

ޒަހީނުއްދީން ސައީދު ކިޔެވީ ކޮންތާކުންބާ ؟ ދީނުގެ އަހައްމިއްޔަތު އެއްކިބާކޮއް ހުޅަނގުގައި އެކިޔާ އަންސާނިއްޔަތު އިސްކުރަން އޮތީ ކޮންފޮތެއްގައިބާ؟ ރިޒުޤު ދެއްވަނީ އިންޑިޔާ ނުވަތަ ޔަހޫދީންބާ؟ ތިކަހަލަ ބަޔަކު މީޑިއާގައި އެއްޗެހިތައް ލިޔާތީ އަދިވެސް އެތައްބަޔަކު އެތިބެނީ ވާނުވާގަ. ޔޯގާ އަކީ ކޮން އެއްޗެއްކަން ރަނގަޅަށް ބަލާބަލަ


0

ޠމ

25-Jun-2022

ނުވާނެ ގެއްލުމެއް ދައްކާ ވާހަކަ