އިއްޔެ ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގުނީ ސަލާމަތީ ކަންކަން ދޯހަޅިވުމުން ކަމަށް މާލޭ ސިޓީކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ހެނދުނު ގަލޮޅު ދަނޑުގައި ސަރުކާރުން ހިންގި ހަރަކާތާ ގުޅިގެން އިހްތިޖާޖުކޮށް އަޑު އުފުލި ފަރާތްތަކުގެ ތެރެއިން ބަޔަކު ހަމަނުޖެހުން ހިންގަން ފުރުސަތު ލިބި، އެހަރަކާތުގައި ބައިވެރިވި ބައެއް ޑިޕްލޮމެޓުންނާއި ސަރުކާރުގެ ވެރިން ނުރައްކަލަށް ހުށައެޅިގެން ދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި މިއަށްވުރެ ހަރުދަނާ އުސޫލުތަކެއް ޤާއިމްވެފައި އޮތުން މުހިއްމުކަން ފާހަގަކުރަން." ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި މި ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، އަދި ގަލޮޅު ދަނޑުގައި ހިނގައިދިޔަ ފަދަ ހަމަނުޖެމެއް ތަކުރާރު ވިޔަ ނުދިނުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ގޮވާލާފައިވެއެވެެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް ބަޔަކު އެތަނަށް ގަދަކަމުން ވަދެގަނެ، އެތަނުގައި ހުރި ދިވެހި އަދި އިންޑިއާގެ ގައުމީ ދިދަތަކަށާއި، މީހުންގެ ތަކެއްޗަށް ގެއްލުންދީ މީހުންނަށް ހަމަލާދީ ބޮޑެތި ހަމަނުޖެހުންތަކެއް ވަނީ ހިންގާފައެވެ.

އިއްޔެގެ ހަމަނުޖެހުމާ ގުޅިގެން ފުލުހުން މިހާތަނަށް 9 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ގެންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިމައްސަލަ ތަހުގީގް ކުރަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން