އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ހުއްދަ ބާތިލްކޮށްފިއެވެ.
އިލެކްޝަނުން އާންމު ރައްޔިރުންގެ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ އައްޑޫ ސިޓީ ހިތަދޫ ކަނަދޫގޭ އަޙްމަދު ޞަޢީދަށެވެ. މިހުއްދަ ދީފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ "ޢާންމު ރައްޔިތުންގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ސ. ހިތަދޫ، ކަނަންދޫގެ، އަޙްމަދު ސަޢީދަށް އީސީއިން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވިއިރު، އެއްވެސް ފޯމެއް ހުށަހަޅުއްވާފައި ނުވާކަމަށެވެ. އެހެންކަމުން އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ދީފައިވާ ހުއްދަ ކޮމިޝަނުން ބާޠިލް ކޮށްފައިވާކަމަށް ހަބީބް ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ރަޖިސްޓްރީކޮށްގެން ހިންގާ 11 ސިޔާސީ ޕާޓީ އޮވެއެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަނީ 3000 މެމްބަރުން ހަމަވާނަމައެވެ. އަދި ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 10000 މެމްބަރުން ހަމަވާނަމައެވެ.

"ޢާންމު ރައްޔިތުންގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ސ. ހިތަދޫ، ކަނަންދޫގެ، އަޙްމަދު ސަޢީދަށް އީސީ އިން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވިއިރު، އެއްވެސް ފޯމެއް ހުށަހަޅުއްވާފައި ނުވާތީ، އެ ހުއްދަ ކޮމިޝަނުން ބާޠިލް ކޮށްފި. @ElectionsMv @mvpeoplesmajlis
— Ismail Habeeb (@IsmailHabeeb) June 21, 2022
ރާއްޖޭގައި މިވަގުތު ރަޖިސްޓްރީކޮށްގެން ހިންގާ 11 ސިޔާސީ ޕާޓީ އޮވެއެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަނީ 3000 މެމްބަރުން ހަމަވާނަމައެވެ. އަދި ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 10000 މެމްބަރުން ހަމަވާނަމައެވެ.
ކިޔުންތެރިންގެ ހިޔާލު