ސަލަފް ޖަމިއްޔާއާއި އިދިކޮޅު ޕީޕީއެމަކީ އެއް ވާގަނޑެއްގެ ދެކޮޅުކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
އިންޓަނޭޝަނަލް ޔޯގާ ދުވަހާއި ގުޅުވައިގެން މިއަދު ގަލޮޅު ފުޓްބޯޅަ ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް އާންމުންގެ ބަޔަކު ހުރަސްއަޅާ ހަމަނުޖެހުން ހިންގުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވާ މޫކޭ ވިދާޅުވީ، މިއަދު ހިންގި ހަމަނުޖެހުމަކީ ޕީޕީއެމްގެ އޮފީސް ތެރެއިން ނެރުނު ސައުންޑާއި ދިދަތައް ދީގެން ހިންގި ޓެރަރިސްޓް އަމަލެއް ކަމަށެވެ. އަދި ސަލަފް ޖަމިއްޔާއާއި ޕީޕީއެމްގެ ދައުރެއް މިކަމުގައި އޮތްކަމަށް ތުހުމަތު ކުރައްވަމުން މޫކޭ ވިދާޅުވީ ސަލަފް އަދި ޕީޕީއެމަކީ އެއް ވާގަނޑެއްގެ ދެކޮޅު ކަމަށެވެ.
"ހަވާލު ވާނެ މީހަކު ނުވި. ދީނަކާއި ދީން. ރައްޔިތަކާއި ރައްޔިތެއް. ސަލަފުގެ ފިތުނަވެރިން ގުޅި، ޕީޕީއެމްގެ އޮފީސް ތެރެއިން ނެރުނު ސައުންޑާއި ދިދަތައް ދީގެން ހިންގި ޓެރަރިސްޓް އަމަލުތައް ޖަޒުބާތުގަ ނުކުތް މީހުންގެ ބޮލަށް. ސަލަފް އަދި ޕީޕީއެމަކީ އެއް ވާގަނޑެއްގެ ދެކޮޅު." މޫކޭ ވިދާޅުވިއެވެ.
މޫކޭ މިފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރަށް ތާއީދުކުރާ ގިނަ ބަޔަކު ބުނަމުން ދަނީ މިއަދުގެ އެ އަމަލަކީ، އިދިކޮޅުން ސިޔާސީ ބޭނުމަކު ހިންގި ކަމެއްކަމަށެވެ. އެ ތުހުމަތު ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް ވެސް ވަނީ ކުރައްވާފައެވެ. ނަމަވެސް، ސަލަފް އަދި ޕީޕީއެމުން ވެސް ވަނީ މިއަދުގެ އެ އަމަލަކީ އެ ދެފަރާތާއި އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫންކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު