ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "ރައްކާ ރޯޑް ސޭފްޓީ ޕާޓްނަޝިޕް" އެއްބަސްވުމުގައި 3 ކުންފުންޏަކުން ދިވެހި ފުލުހުންގެ ޚިދުމަތާއެކު ސޮއިކޮށްފިއެވެ.
މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއި އިތުރު އަމިއްލަ ދެކުންފުންޏެއް ގުޅިގެން ބާއްވާ ހަރަކާތެކެވެ.
މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް ދެއްކެވި ވާހަކަފުޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާ ގުޅިގެން ދެވޭ ޚިދުމަތެއް ކަމާ އަދި މިހާތަނަށްވެސް މަސައްކަތްކޮށްފައިވާނީ ރައްޔިތުންނާ ގުޅިގެން ޚިދުމަތް ދިނުމަށް ކަމުގައި ވިދާޅުވިއެވެ. އަދި މީގެކުރިން ޓްރެފިކް ފުލުހުން މަގުމަތިން ހުއްޓުވި ކޮންމެ ތިން ސައިކަލަކުން އެއް ސައިކަލަކީ ގަވާއިދާ ހިލާފަށް ދުއްވި ސައިކަލެއް ކަމަށް ވިދާޅުވިއެވެ. އަދި މަގުމަތީގައި ސައިކަލު ދުއްވާއިރު ގަވާއިދާ އެއްގޮތަށް ދުއްވުމަކީ މުހިންމުކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ގަވާއިދާ ހިލާފަށް މަގުމަތީގައި ސައިކަލު ދުއްވުމުގެ ސަބަބުން ގެއްލުންވަނީ ހަމައެކަނި ދުއްވާ މީހާއަށް ނޫންކަމަށާއި ގަވާއިދާ އެއްގޮތަށް ދުއްވާ މީހާއަށްވެސް އެކަމުގެ ގެއްލުންވާ ކަމުގައި ވިދާޅުވިއެވެ.
އޭގެ އިތުރުން، އެކްސިޑެންޓްތައް މަދުކުރުމާއި އެކްސިޑެންޓްތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމަށް ފުލުހުންގެ ޚިދުމަތުން ސަމާލުކަންދޭނެކަމުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައިވެސް ރޯޑް ސޭފްޓީ ހިމަނައި، މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި މުޅި ރާއްޖެއަށް ރައްކާގެ ޕްރޮގްރާމްތައް ހުޅުވާލާނެ ކަމަށާއި އެކްސިޑެންޓްތައް ސުމަކަށް ހެދުމުގެ ވިސްނުން ގެންގުޅޭކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ދެއްކެވި ވާހަކަފުޅުގައި، ގަވާއިދުތަކާ އެއްގޮތަށް ގިނަ މީހުން މަގުމަތި ބޭނުންކުރާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މަދުން ނަމަވެސް މަގުމަތީގެ ރައްކާތެރިކަމަށް ގިނަމީހުން ސަމާލުކަން ނުދޭކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މަގުތަކުގައި ގިނަ އަދަދެއްގެ ބަސް ދުއްވާނެކަމުގައި ފާހަގަކުރެއްވިއެވެ.
އެގޮތުން މަގުތަކުގައި ބަސް ދުއްވާ ވަގުތުތަކުގައި ރައްޔިތުންގެ ފަރާތުން އެއްބާރުލުން ބޭނުންވާކަމަށާއި އެކަމަށް ރައްޔިތުންގެ އެއްބާރުލުން ނުލިބޭނަމަ މަގުތައް ބްލޮކްވެ އެތައް ބައެއްގެ އަގުހުރި ވަގުތުތަކެއް ގެއްލިގެންދާނެކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން، ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުން ހޭލުންތެރިކުރުމަށް ރައްކާގެ ގިނަ ޕްރޮގްރާމްތަކެއް ހިންގުން މުހިންމު ކަމުގައި ވިދާޅުވިއެވެ. އަދި މިހާރުވެސް ފުލުހުންގެ ފަރާތުން އެއްބާރުލުން ލިބޭކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާުކުރެއްވިއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް މިއަދު މި ސޮއިކުރި އެއްބަސްވުމުގެ ދަށުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ތަފާތު އެކި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ޓްރެފިކް މޮނިޓަރސް ޕްރޮގްރާމާއި ސްކޫލުތަކުގެ ބެލެނިވެރިންނާއި ދަރިވަރުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ފަހިރާސްތާ ޕްރޮގްރާމާއި ކުންފުނިތަކާއި އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކުގެ މުވައްޒަފުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި މީސް މީޑިއާ މެދުވެރިކޮށް އާންމު ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ އިތުރުންވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު