"މޯލްޑިވްސް ހެލްތު ސަރވިސަސް" އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސާލިޙު މިގޮތަށް ނިންމަވާފައި މިވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.

މޯލްޑިވްސް ހެލްތު ސަރވިސަސް އުފައްދަވަނީ ޕްރައިމަރީ ހެލްތުކެއަރ ދިނުމަށާއި ރާއްޖޭގެ ޞިއްޙީ ނިޒާމު މިހާރަށް ވުރެ ހަރުދަނާކޮށް ލާމަރުކަޒީ އުސޫލުން ހިންގުމަށާއި ޞިއްޙީ ދާއިރާއިން ފަންނީ މީހުން ބިނާކޮށް އެމީހުންގެ ހުނަރު އިތުރުކުރުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު