ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވި މި ނާޒުކު ހާލަތުގައިވެސް އަވައްޓެރި ސްރީލަންކާއަށް ވީގޮތް ނުވެ ރާއްޖެ ސަލާމަތްވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވިސްނުންތެރިކަމާއިއެކު އެޅި ފިޔަވަޅުތަކުގެ ސަބަބުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އައްޑޫ ޝަރީފް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ބަނޑުފުރާނަ މުއްތިކުރުމަށާއި ރާއްޖޭގެ އިގުތިސާދު ސަލާމަތް ކުރުމަށް ދަރަނި ނަގަން ބޭނުންވިހިނދު ސަރުކާރުންވަނީ ވަރަށް ގާބިލު ކަމާއިއެކު އެ ދަރަނި ނަގާފައި ކަމަށެވެ.
"ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ކޮށްދިނުމުގެ ނަތީޖާއެއްގެ ގޮތުން މިރާއްޖޭގެ ރައްޔިތުންނަށް، ހަގީގަތުގައި އެފްރިކާގެ ގައުމުތަކުގެ ރައްޔިތުންނަށް ވީހެން، ސްރީލަންކާގެ ރައްޔިތުންނަށް ވީހެން ނުވީ، ވަރަށް ވިސްނުންތެރިކަމާއެކު ސަރުކާރުން އަމަލު ކުރެއްވީމަ." ސަރުކާރުގެ އިގުތިސާދީ ސިޔާސަތު ދިފާއު ކުރައްވާ ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ސަރުކާރުން ލޯނު ބޭނުންވި ހިނދުގައި އެ ލޯނުތައް ނެގިޔަ ނުދިނުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކޮށްފައިވާކަމަށެވެ. އެގޮތުން ތެލުގެ އަގާއި ތަކެތީގެ އަގު މަތިވެގެން ގޮސް ރާއްޖެ ބަނގުރޫޓު ވެއްޖެކަން އިއުލާނު ކުރަން ބައެއް ބޭފުޅުން ބޭނުންވެގެން ތިއްބެވިކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މަޖިލީހުގައި ތިއްބެވި އިހުލާސްތެރި މެންބަރުންތަކެއްގެ ވޯޓާއިއެކު ސަރުކާރުން ބޭނުންވާ ކަންކަން ކުރުމަށް ފަހިކޮށްދެވުނު ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިވާހަކަތައް ދައްކަވާފައިވަނީ، ސަރުކާރުން މާލިއްޔަތު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅޭގޮތުން ތަޅުމުގައި މިއަދު ކުރިޔަށް ދިޔަ ބަހުސްގައެވެ.

ކިޔުންތެރިންގެ ހިޔާލު