އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ މޭޔަރުންވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދުކުރައްވާނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއަށްކަން ހާމަކުރައްވައިފިއެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ގިނަ ބަޔަކު ދަނީ ހާމަކުރައްވަމުންނެވެ.
އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ރައީސް ސޯލިހަށް އައްޑޫއިން ތާއިދުކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ރައީސް ސޯލިހަށް ތާއީދުކުރަން ޖެހޭ މައިގަނޑު ސަބަބަކީ އައްޑޫގެ ތަރައްގީ އަށް މިހާތަނަށް ސަރުކާރަކުން ހިންގާ އެންމެ ގިނަ އަދި އެންމެ ބޮޑެތި މަޝްރޫއުތައް ފެށިފައި ވަނީ މި ސަރުކާރުގައި ކަމަށްވާތީއެވެ.
"އެހެންވީމާ އެ މަނިކުފާނާ އެކު އަޅުގަނޑު ހުންނާނެކަމާ ދޭތެރޭ އެއްވެސް ސުވާލެއް ނެތް. އެއީ ހަމަ ޔަގީން ކަށަވަރު ކަމެއް." ނިޒާރު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ މޭޔަރުގެ އިތުރުން ފުވައްމުލަކު ސިޓީގެ މޭޔަރ އިސްމާއީލް ރަފީގުވެސް ވަނީ ރައީސް ސާލިހުއަށް ތާއީދުކުރައްވާކަން ހާމަކޮށްފައެވެ.
ރަފީގު މިއަދު ވިދާޅުވީ ފުވައްމުލަކުގެ ތަރައްގީއަށް މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވަމުން ގެންދަވާ ކަމަށާއި، އެކަން އެ ސިޓީއަށް ނިސްބަތްވާ ރައްޔިތުންވެސް ގަބޫލުކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ހުންނަވާނީ ރައީސް ސޯލިހުގެ ފަހަތުގައި ކަމަށްވެސް ރަފީގު ވިދާޅުވިއެވެ.
"މި ސަރުކާރުން ހަގީގަތުގައިވެސް ވަރަށް ގިނަ މަސައްކަތް މި ސިޓީއަށް އެބަކޮށް ދެއްވާ. މިކަން ރައްޔިތުން ވެސް ހަމަ ގަބޫލުކުރައްވާ" އިސްމާއީލް ވިދާޅުވިއެވެ.
ރައީސް ސާލިހާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހުންނަވާނެ ކަމަށް ގިނަ ބޭފުޅުން ދަނީ އިއުލާނުކުރައްވަމުންނެވެ. އެގޮތުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، އެޑިިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީއާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، އާއި ހެލްތު މިނިސްޓަރ ނަސީމް ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު