ތިން ވަޒީރެއްގެ ކާރުކޮޅުގައި އިންޑިއާ އައުޓް ސްޕްރޭކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންގެ ކާރުކޮޅަށް ގެއްލުން ދީފައިވާ ކަމަށެވެ. މި މައްސަލަ ރިޕޯޓްކުރީ މިއަދު ހެނދުނު 7:30 ހާއިރު ކަމަށް ފުލުހުން ބުނެ އެވެެ. އެގޮތުން ވަޒީރުންގެ ކާރުކޮޅުތަކުގެ ކުރީގައި ނޫ ކުލައިގެ ސްޕްރޭއިން "އިންޑިއާ އައުޓް" ޖަަހައިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ޕާކުކޮށްފައި އޮތް ކާރަކަށް ވެސް ރޭ ބަޔަކު މީހުން ގެއްލުން ދީފައިވާ ކަމަށެވެ.
އިދިކޮޅުން ކުރާ އިންޑިއާ އައުޓް ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައެޅުމާއި ގުޅިގެން ރައީސް ސޯލިހް ވަނީ އެ ހަރާކާތް ހުއްޓުވުމަށް ފުލުހުންނަށް އަންގަވާފައެވެ.
އިންޑިޔާ އައުޓް ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ހަރަކާތެކެެވެ.

ކިޔުންތެރިންގެ ހިޔާލު