މީގެ ކުރިން ދުވަހަކު ވެސް ނުލިބޭފަދަ ތަރައްގީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ހދ. ނެއްލައިދޫއަށް ލިބިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން މިފަދައިން ބުނެފައިވަނީ، ނެއްލައިދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން ހިމެނޭހެން މާލެއަށް މިހާރު ކުރަމުން ގެންދާ ދަތުރުގައި ރައީސް ޞާލިޙާއި ބައްދަލު ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި، ސަރުކާރުން އުތުރުގެ އަތޮޅުތަކުގައި ގާއިމްކުރި ހައި ސްޕީޑް ފެރީގެ ހިދުމަތާއެކު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެން ގޮސްފައިވާކަން ފާހަގަކޮށް ރައީސް ޞާލިޙަށް، ނެއްލައިދޫ ކައުންސިލުން ޝުކުރު އަދާކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި ނެއްލައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަމުގެ މި ދައުރުގައި މީގެ ކުރިން ދުވަހަކުވެސް ނެއްލައިދޫއަށް އައިސްފައި ނުވާފަދަ ތަރައްގީ އާއި ކުރިއެރުން ލިބިފައިވާކަމަށެވެ. އަދި 2019 ވަނަ އަހަރު ރައީސާއެކު ނެއްލައިދޫ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ހުށަހެޅި ކަންކަން މިހާރު އެކި މަރުހަލާތަކުގައި ހިނގަމުންދާކަން ކައުންސިލުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.
ހާއްސަކޮށް ރަށުގެ ބަނދަރު ތަރައްގީކުރެވި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިޔަށްދާކަމާއި، ޒަމާނީ ޓަރފް ދަނޑެއް އެޅިފައިވާއިރު އިންޖީނުގޭގެ މަސައްކަތް ހިނގަމުންދާކަން ވެސް އެ ކައުންސިލުންވަނީ ފާހަގަ ކޮށްފައެވެ.
ރައީސް އޮފީހުން މައުލޫމާތު ދިންގޮތުގައި، ރައްޔިތުންނަށް ދަތިވެފައިވާ ކަންކަމުގެ ތެރެއިން ރަށުގެ މަގުތައް ލެވެލްކުރުމާއި، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމާއި، ރައްކާތެރިގޮތުގައި ކުނިނައްތާލުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށާއި، އިގުތިސާދީ އަދި ސިނާއީ މަސައްކަތްތައް ކުރުމަށް، ހދ. ހިރިނައިދޫ، ނެއްލައިދޫގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް ކައުންސިލުންވަނީ ރައީސަށް ހުށަހަޅާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ، ސީދާ ކައުންސިލްތަކާއި ބައްދަލުކޮށް، މަޝްވަރާ ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ނެއްލައިދޫ ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރެއިން މިއަހަރު ކޮށްދެވެން ހުރި ކަންކަމަކީ ކޮބައިތޯ ބައްލަވައި އެކަމާއި ގުޅޭ މުއްސަސާތަކަށް ހުށަހަޅުއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށާއި، ކައުންސިލްގެ އައު އިމާރާތެއް އެޅުމާއި ގުޅޭ މަސައްކަތްތައްވެސް ކަމާބެހޭ މުއައްސަސާތަކާއި ވާހަކަ ދައްކަވައިގެން ކުރިޔަށް ގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު