ކްލައިމެޓް ސެކިއުރިޓީއަކީ ރާއްޖެ ފަދަ ބިންތިރި، ޖަޒީރާ ޤައުމަކަށް ވަރަށް މުހިންމު ކަމެއްކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 19 ވަނަ އޭޝިޔާ ސެކިއުރިޓީ ސަމިޓްގެ ސްޕެޝަލް ސެޝަން އޮން ކްލައިމެޓް ސެކިއުރިޓީ އެންޑް ގްރީން ޑިފެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މާރިޔާ ވަނީ، ކްލައިމެޓް ސެކިއުރިޓީ ނުވަތަ މޫސުމީ ރައްކާތެރިކަމާއި ޤައުމީ ސަލާމަތާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މާރިޔާ ވިދާޅުވީ ރާއްޖެއަކީ 99.7 އިންސައްތަ ކަނޑުގެ މައްޗަށް އެކުލެވިގެންވާ، ކަނޑުގެ ލޮނުގަނޑުން މައްޗަށް 3 ފޫޓުވެސް ހަމަނުވާ ރަށްތައް ގިނަ، އަދި މޫދާ 100 މީޓަރު ދުރު ނޫން ހިސާބުތަކުގައި ޤައުމުގެ ޢުމްރާނިއްޔަތުގެ 70 އިންސައްތައާއި އާބާދީ ބޮޑު ސަރަޙައްދުތަކުގެ 50 އިންސައްތައަށް ވުރެ ގިނަ ސަރަޙައްދު އޮންނަ ގައުމެއްކަމަށެވެ. އެހެންކަމުން ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވެވޭނެ ގޮތެއް ނުވަތަ ކްލައިމެޓް ސެކިއުރިޓީއަކީ ވަރަށް މުހިންމު ކަމެއްކަމަށް މާރިޔާ ވިދާޅުވިއެވެެ.
މާރިޔާ ވިދާޅުވީ އެހެނިހެން ދާއިރާތަކުން ރާއްޖެ ކުރިއަށް ގެންދިޔުމަށް ކުރާ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާއެކުވެސް މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކާމެދު ބައިނަލްއަޤްވާމީ ޖަމާޢަތް ހޭލުންތެރިކުރައްވަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ޚާއްޞަ އަޙައްމިއްޔަތުކަމެއް ދެއްވާކަމަށެވެ.
މާރިޔާގެ ވާހަކަފުޅުގައި ރާއްޖެއިން މިހާރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ "މޯލްޑިވްސް ޑިފެންސް ވައިޓް ޕޭޕަރ"ގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އަދި އޭގައި މިހާރަށްވުރެ ތިމާވެށްޓާ ރައްޓެހި، "ފެހި" އުޞޫލުތަކާއި އިޖުރާޢަތުތަކެއް ހިމެނުމަށް، ދިވެހިރާއްޖޭގެ އަސްކަރިއްޔާއާއި ދިފާޢީ ދާއިރާއަށް ނިސްބަތްވާ ހުރިހާ އިދާރާޔަކަށް، އިރުޝާދުދޭ މާއްދާއެއް ހިމަނާފައިވާނެކަމަށް މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.
މާރިޔާ ފާހަގަކުރެއްވި ގޮތުގައި އަސްކަރިއްޔާގެ ބޭނުމަށް ދީފައިވާ ބިންތަކާއި އެސްޓޭޓުތަކުގައި ހުރި މެރިން ޕްރޮޓެކްޓެޑް ޒޯންތަކާއި އިކޮލޮޖިކަލް ރިޒަރވްތައް މެނޭޖުކުރުމާ ބެހޭގޮތުން، ކަމާބެހޭ ފަރާތްތަކާއި ޤައުމީ ދިފާޢީ ބާރާ ދެމެދު މަޝްވަރާތައް ފެށިގެން ކުރިއަށްދާކަންވެސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު