ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓްކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ހުށަހެޅި ވާހަކަ އަކީ ދޮގެއް ކަމަށް އެޕާޓީގެ ނާއިބް ލީޑަރު އިލްހާމް އަޙުމަދު ވިދާޅުވެއްްޖެއެވެ.

ރައީސް ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި މިއަދު މާމިނގިއްޔަށް ވަޑައިގެން ގާސިމާއި މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. އެކަމާ ގުޅިގެން މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު ވިދާޅުވީ ރައީސް ސާލިޙު ގާސިމަށް ރަނިންމޭޓް ކަން ހުށައަޅާފައިވާ ކަމަށެވެ.

މި ވާހަކަތަކާ ގުޅިގެން ޖުމުހޫރީ ޕާޓީގެ ނައިބު ލީޑަރު އިލްހާމް އަހުމަދު ވިދާޅުވީ ގާސިމަށް ރަނިންމޭޓްކަން ހުށަހެޅި ވާހަކަ އަކީ ހިޔާލީ ވާހަކައެއް ކަމަށާއި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.



ރައީސް ސޯލިހް މާމިނގިއްޔަށް ވަޑައިގަތީ މިއަދު ހެނދުނުއެެވެ. ރައީސަށް މާމިގިލިން ވަނީ ރަތް ދޫލައިގެ މަރުހަބާ އެއް ދަންނަވާފައެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ކޯލިޝަންގެ ތެރެއިން ވާދަކުރައްވާނެ ކަން ރައީސް ވަނީ އިއުލާން ކުރައްވާފައެވެ. ޖުމުހޫރީ ޕާޓީން ވެސް ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަން އިއުލާންކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު