ސްޓެލްކޯއިން ކުރިއަށް ގެންދާ އއ. ބޮޑުފޮޅުދޫ އިންޖީނުގޭގައި ސޯލާޕެނަލް ހަރުކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ސްޓެލްކޯއިން ކުރިއަށްގެންދިޔަ އއ. ބޮޑުފޮޅުދޫ އިންޖީނުގޭގައި ސޯލާޕެނަލް ހަރުކުރުމުގެ މަސައްކަތަކީ ‏ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ހަކަތަ އުފެއްދުމުގައި، ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށާއި، އިޔާދަކުރަނިވި ހަކަތަ އުފެއްދުން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރި މަސައްކަތެކެވެ.



އިޔާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ސްޓެލްކޯއިން މަސައްކަތް ކުރަމުންދާއިރު، މާލޭގައި ދެ މެގަވޮޓުގެ ހަކަތަ އުފެއްދޭނެ ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް މިއަހަރު ފަށާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފް ވިދާޅުވީ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އަވިން ހަކަތަ އުފެއްދުމުގެ މަސައްކަތް އެކުންފުނިން ވަރަށް ގިނަ ރަށްރަށުގައި މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލޭގައިވެސް ބައެއް ގޭގޭގެ ފުރާޅު ކުއްޔަށް ނަގައިގެން ސޯލާ ހަރުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ކުއްޔަށް ނަގާ އަދަދު އެ އިމާރާތެއްގެ ކަރަންޓު ބިލުން އުނިކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު