ރާއްޖޭގެ ނޮމިނަލް ޖީޑީޕީ، 2023 ގައި ފުރަތަމަ ފަހަރަށް 100 ބިލިއަން ރުފިޔާ ހުރަސްކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ރާއްޖޭގެ ނޮމިނަލް ޖީޑީޕީ، 2023 ގައި ފުރަތަމަ ފަހަރަށް 100 ބިލިއަން ރުފިޔާ ހުރަސްކުރާނެ ކަމަށާ މިއީ ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށެެވެ. މި އަހަރުގެ ޖީޑީޕީ ކުރިއަރާދާ މިންވަރު 13 އިންސައްތައިގައި ހުންނާނެކަމަށް ލަފާކުރެވޭ ކަމަށާއި އިގްތިސާދު ހުރީ ރަނގަޅު މިސްރާބަށް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ މިއަހަރުގެ މިހާތަނަށް ލިބޭނެކަމަށް ބަޖެޓުކުރި ވަރަށް ވުރެ އިތުރަށް ޢާމްދަނީ ލިބިފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ލިބޭނެކަމަށް ބަޖެޓުކުރީ 8.5 ބިލިއަން ރުފިޔާ ނަމަވެސް، މިހާތަނަށް 11.1 ބިލިއަން ރުފިޔާ ލިބިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއަހަރަށް ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް 9.8 ބިލިއަން ރުފިޔާ ހޯދަން ޖެހޭ ކަމަށާއި އޭގެ ތެރެއިން 7.9 ބިލިއަން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އިތުރަށް ބޭނުންވާ ދެ ބިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނުލިބިއްޖެނަމަ ޖެހޭނީ އާ މަޝްރޫއުތައް ހުއްޓާލަން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދު ކުރިއަރާދާ މިންވަރު ރަނގަޅު ކަމުގައިވިޔަސް، ދުނިޔޭގެ އިޤްތިޞާދަށް އަރާ ލޮޅުންތަކުގެ އަސަރު މި ރާއްޖެއަށްވެސް ކުރާނެތީ އެކަންކަމަށް ސަމާލުވެ ރާއްޖެއިން ވެސް ވިސްނައިގެން ކުރިއަށްދާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު