ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިޙު ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރާނެ ކަމަށާއި މިހާރު ވިސްނުމަކީ މިއަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު އެކަމާ ގުޅޭ އިސްލާހު މަޖިލީހަށް ހުށަހެޅުއްވުން ކަމަށެވެ.
ރައީސް ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށެެވެ. ރައީސް ވިދާޅުވީ މިހާރުވެސް ބައެއް ބިލްތައް މަޖިލީހަށް ފޮނުވާފައިވާނެ ކަމަށާއި ބައެއް ބިލްތައް މިހާރު ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގު މީގެކުރިން ދެ ފަހަރެއްގެ މަތިން ބިލު ހުށައެޅި ނަމަވެސް އެ ބިލުތައް ވެސް މަޖިލީހުން ބޭރުކޮށްލާފައިވަނިކޮށް އަނެއްކާވެސް އެ އިސްލާހު އޭނާ ވަނީމަޖިލީހަށް ހުށައަޅާފައެވެ.
ޖޭއެސްސީގައި މިހާރު ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލިސްގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ މީހެއް ހިމެނޭ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު