އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރަން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފަސޭހަފުޅުވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ އިއުލާންކުރައްވާފައެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިޙު ވިދާޅުވީ އެމްޑީޕީ އިސްވެ އޮވެ ހަދާ ކޯލިޝަނަކުން އެމަނިކުފާނު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިފިނަމަ އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށް ކަމަށެވެ.
އެކަމާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރައީސް ސޯލިހު ބަލިކުރަން ޕީޕީއެމްގެ އުއްމީދީ ކެންޑިޑޭޓު، ރައީސް ޔާމީނަށް ފަސޭހަފުޅުވާނެ ކަމަށާއި ސަބަބަކީ ސަރުކާރު ސްލޯވުމާއި ކޮރަޕްޝަން ގިނަވުމާއި އަދި މަރުތަކަށް އިންސާފު ލިބިފައި ނުވާތީ ކަމަށެވެ. އަދި މަތިބަރު ސަރުކާރެއް އޮތުމާއެކު ވެސް ހިދުމަތް ނުލިބުމަކީ ވެސް އޭގެ ސަބަބެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
ރައީސް ސޯލިހާއި ޚިލާފަށް ރައީސް ޔާމީނަކީ ތަރައްގީގެ ބްރޭންޑެއް ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވި ނަމަވެސް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ރައީސް ޔާމިން އަދި ވަކިގޮތެއް ނުނިއްމަވައެވެ.
ރައީސް ސޯލިހް މިއަދު ވިދާޅުވީ އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށެވެ. އެއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި ވަރަަށް ގިނަ މަޝްރޫއުތައް ފައްޓަވާފައިވާ ކަމަށާ ކުރިއަށް އޮތް އަހަރުތަކުގައި އެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެމްޑީޕީއަށް އެކަންޏެއް މިކަމެެއް ނުވާނެ. އެހެންވީމަ ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެންޑިޑޭޓަކު. އަޅުގަނޑު ދޭނެ ޔަގީން ކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023. އެމްޑީޕީން ވެރިކަން ކުރަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑު މިހުރީ ޗޮއިސްއެއް،" ރައީސް ސޯލިހް ވިދާޅުވިއެެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އިއުލާންކުރައްވާފައެވެ.

2023 gai IMS balikuran PPM ge ummeedhee riyaasee candidate @prz_ymn ah faseyha vaane! E ee sarukaaru slow vumaai corruption ginavumaai maruthakah insaafu nulibumaai mathibaru sarukaareh othumaaekuves khidhumaiy nulibeythee! RY akee tharaqqeebe brandeh! https://t.co/eULb6ZCPaO
— Adam Shareef Umar (@Adamshareefz) June 8, 2022
ރައީސް ސޯލިހާއި ޚިލާފަށް ރައީސް ޔާމީނަކީ ތަރައްގީގެ ބްރޭންޑެއް ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވި ނަމަވެސް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ރައީސް ޔާމިން އަދި ވަކިގޮތެއް ނުނިއްމަވައެވެ.
ރައީސް ސޯލިހް މިއަދު ވިދާޅުވީ އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށެވެ. އެއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި ވަރަަށް ގިނަ މަޝްރޫއުތައް ފައްޓަވާފައިވާ ކަމަށާ ކުރިއަށް އޮތް އަހަރުތަކުގައި އެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެމްޑީޕީއަށް އެކަންޏެއް މިކަމެެއް ނުވާނެ. އެހެންވީމަ ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެންޑިޑޭޓަކު. އަޅުގަނޑު ދޭނެ ޔަގީން ކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023. އެމްޑީޕީން ވެރިކަން ކުރަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑު މިހުރީ ޗޮއިސްއެއް،" ރައީސް ސޯލިހް ވިދާޅުވިއެެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އިއުލާންކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު