ޒަހީނުއްދީން ސަޢީދު   6 ޖޫން 2022 - 23:50
ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ސަސްޕެންޝަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކޮންގްރެސް އިން އުވާލައިފިއެވެ.

ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ވިކްޓްރީ ސަސްޕެންޑްކޮށްފައިވަނީ ކުޅުންތެރިންނަށް ދޭންޖެހޭ މުސާރައާއި، ދަރަނިތައް ނުދައްކާ މައްސަލައިގައެެވެ. އެ ނިއްމުން ނިމުމަކަށް ގެނެސް، އެފްއޭއެމްގެ ކޮންގްރެސްއިން މިއަދު އެސަސްޕެންޝަން އުވާލީ އެކްލަބުން ކުޅުންތެރިންނަށް ދޭންހުރި މުސާރައާއި، ދަރަނިތައް ޚަލާސްކުރުމުންނެވެ.

ވިކްޓްރީއަށްވުރެ ކުރިން ސަސްޕެންޑްކުރި ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ނިއުރޭޑިއަންޓްގެ ސަސްޕެންޝަން އުވާނުލިނަމަވެސް، ދަރަނިތައް ދެއްކުމުން ސަސްޕެންޝަން އުވާލުމުގެ ބާރު އެކްސްކޯއަށް ދިނުމަށް މިއަދުގެ ކޮންގްރެސްއިން ވަނީ ފާސްކޮށްފައެވެ.

ނިއުރޭޑިއަންޓުންވެސް އާ ބޯޑެއް އިންތިޚާބުކޮށް، ދަރަނިތައް ދައްކައި، ކްލަބް އަލުން ކޮޅަށް ނެގުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެމަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އެއްބާރުލެއްވުން ލިބޭކަމަށް ނިއުރޭޑިއަންޓްގެ އާބޯޑުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން