މޯލްޑިވްސް ސްޓޭޓް ޝިޕިންގ، އެމްއެސްއެސްގެ ދަތުރުތައް ސިންގަޕޫރަށް ފަށަން ތައްޔާރުވަމުންދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން މޯލްޑިވްސް ސްޓޭޓް ޝިޕިންގ، އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވީ އެމްއެސްއެސްއިން ޚިދުމަތްދޭ މަންޒިލްތަކުގެ އިތުރުން އެހެން މަންޒިލްތަކުން ރާއްޖެއަށް މުދާ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އެކުންފުނިން ސިންގަޕޫރަށް ދަތުރު ފެށުމަށްޓަކައި އިތުރު ބޯޓެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޖޫންމަހު މިލިބެނީ އަދި އިތުރު ބޯޓެއް. ލިބުނީމަ އަޅުގަނޑުމެން އެބަ ވިސްނަން ޖުލައި ހިސާބުން ފެށިގެން ސިންގަޕޯރ ސެކްޓަރއިން ޑައިރެކްޓްލީ އަނެއްކާވެސް ކޮންޓެއިނަރގެ މުދާ ދިނުމުގެ ޚިދުމަތް ފައްޓަން." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މިހާރު ސިންގަޕޫރުން ގެންނަ މުދާވެސް މާލެ ގެންނަނީ ކޮލަންބޯ މަގުން ކަމަށެވެ. ނަމަވެސް މި ބޯޓު އޮޕަރޭޝަނަށް ގެނައުމުން ސިންގަޕޫރުން ސީދާ މާލެއަށް ދަތުރުތައް ފެށޭނެކަމަށެވެ.

ސައީދު ވިދާޅުވީ ސިންގަޕޫރަށްފަހު ދުބާއީއަށް ދަތުރުތައް ކުރުމަށްވެސް އެކުންފުނިން ވިސްނަމުންދާކަމަށެވެ.



އެމްއެސްއެސްގެ އަމިއްލަ ދެ ބޯޓެއް ގެންގުޅެއެވެ. އެއީ "ގަލޭނާ" އަދި "އެމްއެސްއެސް ކްރޮމް" އެވެ.

އެމްއެސްއެސްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މި ކުންފުނީގެ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން