ކިލިއަން އެމްބާޕޭ --
ކިލިއަން އެމްބާޕޭ --
ފުޓުބޯޅައިގެ ދުނިޔޭގައި މިވަގުތު އެންމެންގެ ސަމާލުކަން ހުއްޓިފައިވާ ކިލިއަން އެމްބާޕޭގެ ޓްރާންސްފާ ކޮޅެއްގައި ޖެހިއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން، ރިއާލްއިން ވެސް ހުށަހެޅުން ލިބިފައިވަނިކޮށް އޭނާ މިހާރު ކުޅެމުންދާ ފްރާންސްގެ ޕީއެސްޖީގެ ހުށައެޅުން މިހާރުވަނީ ގަބޫލު ކޮށްފައެވެ. ހުށަހެޅުން ގަބޫލުކޮށް އެ ޓީމުގައި މަޑު ކުރަން އެމްބާޕޭ ނިންމާފައިވާކަމަށް އިޓަލީގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ވަނީ ދެންމެ ބުނެފައެވެ.

މި ނިންމުން ނިންމުމުގެ ކުރިން، އެމްބާޕޭގެ މަންމަ، އެމްބާޕޭގެ ޓްރާންސްފާއާއި ގުޅޭ ގޮތުން އެންމެ ފަހުން ބުނެފައިވަނީ ރިއާލް މެޑްރިޑާއި ޕީއެސްޖީއާއެކު ވެސް އެއްބަސްވުމެއް އެބަ އޮތްކަމަށާއި ގޮތް ނިންމާނީ އެމްބާޕޭ ކަމަށެވެ.

ފްރާންސްގެ އުމުރުން 23 އަހަރުގެ ތަރި އެމްބާޕޭ ގެނައުމަށް ރިއާލް މެޑްރިޑުން މިދިޔަ ޓްރާންސްފާގައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އެމްބާޕޭއަކީ މިވަގުތު އަރަމުން އަންނަ ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އެމްބާޕޭ އިތުރުން ޒުވާން ފޯޑު އާލިންގ ހާލަންޑަކީވެސް މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ކުރިއަށް އޮތް ސީޒަނުގައި މެންޗެސްޓަރ ސިޓީއަށް ގުޅުމަށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން