ރަޝިއާގެ އެއިރޯފްލޮޓްގެ ދަތުރުތައް ރާއްޖެއަށް އަލުން މިއަދު ފަށައިފިއެެވެ.

ރަޝިޔާގެ އެއާލައިންގެ ދަތުރުތައް ހުއްޓާލާފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގައި ރަޝިއާއިން ޔުކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން އޭރު ރާއްޖޭން ދަތުރުތައް މާޗް މަހުގެ އަށް ވަނަ ދުވަހު ހުއްޓާލުމާއި ގުޅިގެންނެެވެ.

އެއިރޯފްލޯޓްގެ ދަތުރައް ރާއްޖެއަށް ހުއްޓައިލުމުން ރަޝިއާ އިން އަންނަ ޓޫރިސްޓުން ވެސް ވަރަށް ބޮޑަށް ވަނީ ދަށައް ގޮސްފައެެވެ. ދަތުރުތައް ހުއްޓާލި އިރު ރަޝިއާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މަންޒިލް ކަން ފާހަގަކޮށްލެވެއެެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މިއަދު ހެނދުނު އައި އެއިރޯފްލޮޓްގައި 296 މީހަކު ރާއްޖެ އައި ކަމަށެވެ. މިއަދު އަލުން ދަތުރުތައް ފެށުމާ އެކު ކޮންމެ ދުވަހަކު ދެން ދަތުރެއް ބާއްވާނެ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން