މެދުއިރުމަތީގެ މާކެޓްގައި ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމްގެ ތަޖުރިބާތައް އިސްތިހާރުކުރުމަށް އިންޓަނޭޝަނަލް ލަގްޒަރީ ޓްރެވަލް މާކެޓް (އައިއެލްޓީއެމް) އެރެބިއާގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެއެވެ.

މިއީ މެދުއިރުމަތީގައި ބާއްވާ ލަގްޒަރީ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ހަރަކާތެވެ.

ދުބާއީގެ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރ، ނުވަތަ ދުބައީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދާ އައިއެލްޓީއެމް އެރެބިއާ އޮންނާނީ މިމަހުގެ 10 އިން 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިހަރަކާތަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނަށް މި ދާއިރާގެ މާކެޓިން އަދި ސޭލްސް އާއި ގުޅޭ މައުލޫމާތުދީ ފުރުސަތުތައް ފަހިކޮށްދޭ ހަރަކާތެކެވެ. މި ފެއަރއަށް ދުނިޔޭގެ އެންމެ ބޮޑެތި ހޮސްޕިޓަލިޓީ ބްރޭންޑުތަކާއި، ޓްރެވަލް ޑިޒައިނަރުންނަށް ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިކޮށްދޭ ހަރަކާތެއްވެސްމެއެވެ.



އެމްއެމްޕީއާރުސީއިން މި ހަރަކާތުގައި ބައިވެރިވެ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ ތަޖުރިބާތައް އިޝްތިހާރުކުރާނެއެވެ. މެދުއިރުމައްޗާއި، ދުނިޔޭގެ އެހެން ކަންކޮޅުތަކުން މިފަދަ ހިދުމަތްތައް ބޭނުންވާ ފަރާތްތަކާއެކު މި ހަރަކާތުގައި އެމްއެމްޕީއާރުސީއިން ގުޅުން ބަދަހިކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މެދުއިރުމައްޗާއި، އެހެން ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި، ހިދުމަތްތަކުގެ މައުލޫމާތާއި، ތަފާތު ތަޖުރިބާތައް އަންގައިދޭނެއެވެ.

މިދިޔަ އަހަރު މެދުއިރުމަތިން 91413 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރިއެވެ. ސައުދީ އަރަބިޔާއަކީ މިދިޔަ އަހަރު ދިވެހިރާއްޖެއަށް 7 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރި މާކެޓެވެ.

މި އަހަރު މާރޗް މަހުގެ ނިޔަލަށް 21117 ފަތުރުވެރިންވަނީ މެދުއިރުމަތިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެމްއެމްޕީއާރުސީން ބުނީ ދިވެހިރާއްޖޭގެ ރީތި ނަން މެދުރިރުމަތީގައި ދަމަހައްޓާ، ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްވެސް ރާވާފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން