އުގައިލް ފައުންޑޭޝަނުގެ އެހީގައި ކުރިއަށް އޮތް ޖީލަށް ކަންކަމުގައި އިސްނަގާ ޒުވާނުންތަކެއް އުފައްދަމުންދާކަމީ އުފާވާން ޖެހޭ ކަމެކެވެ.

ހާއްސަގޮތެއްގައި އުގައިލް ފައުންޑޭޝަނުން ހިންގާ ލީޑާރސް އޮފް ޓުމޯރޯ ޕްރޮގްރާމަކީ ޒުވާން ކުދިންގެ މެދުގައި ކަންކަމުގައި އިސްނެގުމަށް ދަސްކޮށްދީ އެކަމަށް ހިތްވަރު ލިބޭ ވަރަށް މުހިންމު ޕްރޮގްރާމެއްކަން އެ ޕްރޮގްރާމުގެ ބައިވެރިން ފާހަގަކުރެއެވެ. މިޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް ލިބޭ ފައިދާތައް ހިއްސާ ކުރަމުން އުމުރުން 13 އަހަރުގެ އިސްމާއީލް މައިލަކް މުޚްތާރް ބުނީ މިޕްރޮގްރާމުގެ އަލީގައި ދިރިއުޅުމުގެ އެކި ކަންކަމަށް ލޯހުޅުވި އަމިއްލައަށް ކަންކަމުގައި އިސްނެގުމަށް ހިތްވަރު އާކޮށްދޭކަމަށެވެ.

ޖަމާލުދީން ސްކޫލްގެ ގްރޭޑް 7 ގައި ކިޔަވަމުންދާ މައިލަކް ބުނީ ބޮޑުވަމުންދާއިރު ކޮންމެ ކުއްޖަކުވެސް ދިރިއުޅުމުގެ އެކި ކަންކަން ދަސްކުރުން ވަރަށްވެސް މުހިންމު ކަމަށާއި މިޕްރޮގްރާމްގެ އެކި ސެޝަންތަކުން މިފަދަ ކަންކަމާ ބެހޭގޮތުން މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާކަމަށެވެ.

"ބޮޑުވަމުން އަންނައިރު ދިރިއުޅުމުގެ އެކި ކަންމަށް އަހުލުވެރިވެ، ކަންކަމުގައި އިސްނަގަން ދަސްވުމަކީ ވަރަށް މުހިންމުކަމެއް. މިފަދަ ކަންކަމަށް ހާއްސަކޮށް، އެކި ސެޝަންތަކުގެ އަލީގައި ލީޑާޝިޕްގެ އެކި އުކުޅުތައްވެސް މިޕްރޮގްރާމުން ދަސްވެގެންދޭ." މައިލަކް ބުންޏެވެ.

މިއީ އުގައިލް ފައުންޑޭޝަނުން ހިންގާ ޕްރޮގްރާމެއްގައި މައިލަކް ބައިވެރިވާ ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ އަހަރު މައިލަކް ވަނީ އުގައިލް ފައުންޑޭޝަނުން ކުރިއަށްގެންދިޔަ ކޯޑިންގް އެންޑް ކްރިޓިކަލް ތިންކިންގް ޕްރޮގްރާމުގައިވެސް ބައިވެރިވެފައެވެ. މައިލަކް ބުނީ ސްކޫލްގެ މަސައްކަތްތަކާއި، އިތުރު ހަރަކާތްތަކުގައި ބައިވެރިވަމުންވެސް މިފަދަ ޕްރޮގްރާމެއްގައި ބައިވެރިވާން މާބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ނުވާކަމަށެވެ. އަދި މިޕްރޮގްރާމްގައި ބައިވެރިވެ ޓައިމް މެނޭޖް ކުރަން ދަސްވާކަމަށާއި، އެގޮތުން ސްކޫލް އަދި އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަށްވެސް ހުރަސް ނޭޅޭކަމަށެވެ.

ޓެކް އަދި ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަން އަޒުމުކަނޑައަޅައިގެން ހުރި މައިލަކް އުއްމީދުކުރަނީ ކުރިމަގުގައި ނާސާގައި މަސައްކަތްކޮށްލުމަށެވެ. މައިލަކް ބުނީ މިކަންކަން ހާސިލުކުރުމަށް ލީޑާޝިޕް ޕްރޮގްރާމުން ދަސްވާ އުކުޅުތައް ފައިދާ ކުރާނެކަމަށެވެ.

ލީޑާޝިޕް ޕްރޮގްރާމުގެ ސަބަބުން މައިލަކްއަށް އަންނަށް ބަދަލުތަކާއެކު މައިލަކްގެ އާއިލާއިންވެސް ދަނީ މިކަންކަން ފާހަގަކޮށް މައިލަކް ކޮންފިޑެންސް ބިލްޑް ވަމުންދާކަމާއި، ކުރިއަށްވުރެއް ބޮޑަށް ކަންކަމާ އިސްނަގަމުންދާކަން ފާހަގަކޮށްފައެވެ. އެގޮތުން މައިލަކްގެ މަންމަ ރަސްއޮންލައިނާ ވާހަކަ ދައްކަމުން، އުގައިލް ފައުންޑޭޝަނުން ހިންގާ ލީޑާރސް އޮފް ޓުމޯރޯ ޕްރޮގްރާމުގެ އެހީގައި މައިލަކްގެ ފަރާތުން ރަނގަޅު ބަދަލުތަކެއް އަންނަކަން ފާހަގަކުރިއެވެ.

"ކުއްޖާ ހެދިބޮޑުވަމުން އަންނައިރު މުޖުތަމައަށް ލޯހުޅުވެން ޖެހޭއެބަ. ލީޑާރސް އޮފް ޓުމޯރޯ ޕްރޮގްރާމުން މިކަހަލަ ބައިވަރުކަންކަމަށް އެކުދިން އަހުލުވެރިކޮށްދޭ. އެގޮތުން ފާހަގަ ވެގެންދިޔަ މިޕްރޮގްރާމްގެ ސަބަބުން މައިލަކްގެ ފަރާތުން ރަނގަޅު ބަދަލުތަކެއް އަަންނަމުންދާކަން. މަލައިކްގެ ކޮންފިޑެންސް އިތުރުވެ ކަންކަމާ އިސްނެގުމަށް ހިތްވަރު އިތުރުވެގެންދިޔަ. ކުޑަކުދިންގެ ކުރިމަަގަށް ވިސްނައި، ސްކޫލް ނިންމައިފައިވެސް ލީޑަރޝިޕް ރޯލްތަކުން ފެނިގެން ދިއުމަށް އެކުދިން އަހުލުވެރިކުރުމަށް އުގައިލް ފައުންޑޭޝަނުން ކުރިއަށް ގެންދާ މިފަދަ ޕްރޮގްރާމްތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން." މައިލަކް ގެ މަންމަ ބުންޏެވެ.

މިޕްރޮގްރާމުގެ ސަބަބުން ލިބެމުންދާ ކުރިއެރުމުގައި އުގައިލް އަށް ޝުކުރު އަދާކުރަމުން މައިލަކް ވަނީ މައިލަކް ކަހަލައިން އެހެން ކުދިންވެސް މިޕްރޮގްރާމުގައި ބައިވެރިވުމުގެ މުހިންމުކަން ފާހަގަކޮށް، އެފަދަ ކުދިންނަށް އުގައިލް ފައުންޑޭޝަނުގެ އެހީގައި މުހިންމު ބޭނުންހުރި މައުލޫމާތުތަކަކާއި ހުނަރުތަކެއް ލިބިގެންދާނެކަން ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން