މަޝްހޫރު ވިޔަފާރިވެރިޔާ އަދި ބިލިއަނަރ އީލަން މަސްކް ދެން ގަންނާނީ ކޮކާ ކޯލާ ކުންފުނި ކަމަށް އިއުލާންކޮށްފިއެވެ.

ކޮކާކޯލާ ކުންފުނި ގަންނާނެކަން އީލަން ޓްވީޓްކޮށް އިއުލާންކޮށްފައިވަނީ ސޯޝަލް މީޑިއާ ޓްވިޓަރ ހިންގާ ކުންފުނި ގަތްތާ މާގިނަ ދުވަހެއް ނުވަނީހެއެވެ. އެގޮތުން އޭނާ ކުރި ޓްވީޓްގައި ދެން ގަންނާނީ ކޮކާކޯލާ ކުންފުނިކަމާއި، އެކުންފުނި ގަތުމަށްފަހު، ކޯކާކޯލާ ބުއިން ފުރަތަމަ އުފެއްދިއިރު އެތައްޔާރުކުރުމަށް ބޭނުންކުރި ރެސިޕީ ބޭނުން ކުރާނެކަމަށް އޭނާ ބުނެފައިވެއެވެ.



ކޯކާކޯލާ ބުއިމަކީ 1885 ވަނަ އަހަރު ތައްޔާރުކޮށް ބާޒާރަށް ނެރުނު ބުއިމެކެވެ. މިބުއިމުގެ ރެސިޕީ ތައްޔާރުކޮށްފައިވަނީ ޖޯޖިއާގެ ފާމަސިސްޓެކެވެ. ޖޯން ޕެމްބަރޓް ނަމަކަށް ކިޔާ މިމީހާ ފުރަތަމަ ތައްޔާރުކުރި ކޯކް ރެސިޕީގައި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންގެ މިންވަރެއް ހިމަނާފައިވެއެވެ.

ކޮކާކޯލާގެ ފުރަތަމަ ރެސިޕީގައި ކޮކެއިން ތައްޔާރުކުރާ ކޮކާ ލީފް ގެ ކުޑަމިންވަރެއް ހިމަނާފައި ވެއެވެ. މިބުއިމަށް ނަންދެވުނީވެސް މިފަތަށް ނިސްބަތްކޮށްކަމަށްވެއެވެ. އެގޮތުން މިބުއިން ފުރަތަމަ އުފެއްދީ އެނަރޖީ ލިބޭ ބްރެއިން ޓޮނިކެއްގެ ގޮތުގައެވެ. އަދި އޭރު ގިނަ ބޭސް ތައްޔާރުކުރުމުގައިވެސް ކޮކައިން އަކީ ބޭނުންކުރަން ހުއްދަދީފައިވާ މަސްތުވާއެއްޗެކެވެ.

ނަމަވެސް 1891 ވަނަ އަހަރުން ފެށިގެން ކޮކާކޯލާގައި ކޮކެއިން ހިމެނުމާމެދު ގިނަބަޔަކު ވަކާލާތުކޮށް 1929 ވަނަ އަހަރު ވަނީ ކޮކާކޯލާ ރެސިޕީގައި ހިމެނޭ ކޮކެއިންގެ މިންވަރު ނައްތާލައި، ރެސިޕީ ބަދަލުކޮށްފައެވެ. މިއާއެކު ދެން ކޮކާކޯލާ ބުއިން ބާޒާރަށް ނެރުނީ ސޮފްޓް ޑްރިންކެއްގެ ގޮތުގައެވެ.

މިހާރު ކޮކެއިންއަކީ ގިނަ ގައުމުތަކެއްގައި މަނާކޮށްފައިވާ މަސްތުވާތަކެތީގެ ބާވަތަކަށް ވުމުން، އީލަން މަސްކް އިއުލާންކޮށްފައިވާގޮތަށް ކޮކާކޯލާ އުފައްދާ ކުންފުނި ގަތުމަށްފަހު މިބުއިމުގެ ރެސިޕީ ކުރިން ހުރި ގޮތަށް ބަދަލު ކޮށްފިނަމަ ގިނަގައުމުތަކުގައި ކޮކާކޯލާ ވިޔަފާރި ކުރަން އުނދަގޫވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


6

މިދުހަތު

01-May-2022

ރަނގަޅު. ފައިސާގެ ސަބަބުން މީހުން މަގުފުރެދޭތަން ހާމަކަންބޮޑުކޮށް މިފެންނަނީ. މަސްތުވާތަކެތީގެ ކުޑަ މިންވަރެއްވެސް ބޭނުންކުރުމަކީ ދީނުގައި ހުއްދަ ކަމެއް ނޫން. އެކަމަކު ރާއްޖޭގަ ކޯކު / ކޮކެއިން އަދި ކޮކާކޯލާ މަނަކުރާނެބާ?



ޓްރެންޑިން