މާޝާ މިދުހަތު   26 އޭޕްރީލު 2022 - 21:1
ބަރަބޯ ޕާން ތައްޔާރުކުރަން ބޭނުންވާނެ ތަކެތި:

5 ބިސް

1/4 1 ކަޕް ވެޖިޓަބަލް އޮއިލް

2 ކަޕް ބަރަބޯ ފެނުކައްކައި ޗަސްކޮށްފައި

2 ކަޕް ފުށް

170ގ ވެނިލާ ޕުޑިންގ މިކްސް ޕެކެޓް

1 ސައިސަމުސާ ބޭކިންގ ސޮޑާ

1 ސައިސަމުސާ މުގުރި ފޮނިތޮށި

1/2 ސައިސަމުސާ ލޮނު

ތައްޔާރުކުރާނެ ގޮތް:

ބަރަބޯ ޕާން ތައްޔާރުކުރުމަށް ފުރަތަމަ ބޮޑު ބޯތައްޓެއްގައި ބިހާ، ތެލާ، ބަރަބޯ ކޮޅު އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން، ފުށާއި، ވެނީލާ ޕުޑިންގ މިކްސް، ބޭކިންގ ސޮޑާ، މުގުރި ފޮނިތޮށި އަދި ލޮނުކޮޅު އެއްކޮށްލާށެވެ. ދެން ޓްރޭއަކަށް އެޅުމަށްފަހު 160 ޑިގްރީ ސެލްސިއަސްގައު 50 ހަކަށް މިނެޓު ނުވަތަ ރަނގަޅަށް ޕާން ފިހެވެންދެން އަވަނުގައި ފިހެލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން