"ފެނަކަ އާއިލީ ޤުރުއާން މުބާރާތް 1443" ރޭ ނިމިއްޖެއެވެ.
މި މުބާރާތަކީ ފެނަކަ ރެކްރިއޭޝަން ކުލަބުން އިންތިޒާމް ކޮށްގެން ކޮންމެ ރަމަޟާންމަހެއްގައި ބާއްވާ ޤުރުއާން މުބާރާތެކެވެ. މިއީ މި ގޮތަށް ބޭއްވުނު 7 ވަަނަ މުބާރާތެވެ. ފެނަކައިން ވަނީ މީގެ ކާމިޔާބު މުބާރާތްތަކެއް ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދުގެ ހާއްސަ އިސްނެންގެވުމުގެ މަތިން 2019 ވަނަ އަހަރުވެސް ރާއްޖޭގެ 4 ސަރަހެއްދެއްގައި ބާއްވާފައެވެ.
ކޮވިޑު 19 އަށްފަހު އަލުން މިއަހަރު މުބާރާތް ފަށާފައިވާއިރު ކުރިން އަހަރުތަކާއި ހިލާފަށް މިއަހަރު މުބާރާތުގެ ފައިސާގެ އިނާމު ވަނީ ބޮޑުކޮށްފައިކަމަށް ފެނަކައިން ބުނެއެވެ.
ޒޯންތަކަކަށް ބަހާލައިގެން ބޭއްވި މި މުބާރާތުގެ ޒޯން 1 ގެ މުބާރާތް ބާއްވާފައިވަނީ ށ. މިލަންދޫގައެވެ. ޒޯން 2 ގެ މުބާރާތް ބާއްވާފައިވަނީ ގއ. ވިލިނގިލިގައެވެ. އަދި މިއަހަރުގެ އެންމެ ފަހު މުބާރާތް ބާއްވާފައިވަނީ މާލޭ ސިޓީގައެވެ.
ފެނަކައިން ބުނީ ފެނަކަ އާއިލާތަކަށް އަމާޒުކޮށް ބޭއްވި މިމުބާރާތުގައި 423 ފަރާތަކުން ބައިވެރިވެފައިވާކަމަށެވެ. އަދި މާލެ ސިޓީގައި ބޭއްވި މުބާރާތުގައި 38 ފަރާތަކުން އެކި ގޮފިތަކުން ވަނަ ހާސިލް ކޮށްފައިވާކަމަށް ފެނަކައިން ވަނީ ބުނެފައެވެ. މުބާރާތް އިންސާފުވެރި ކޮށްދެއްވައި ފަނޑިޔާރުންގެ ގޮތުގައި މަސައްކަތްކޮށްދެއްވީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީގެ 3 ލެކްޗަރާއިންނެވެ.
މި މުބާރާތުގެ އިނާމުގެ ގޮތުގައި މުބާރާތުން 1 ވަނަ އަށް 15000 ރުފިޔާއާއި ޓްރޮފީ އާއި ހަނދާނީ ލިޔުން، މުބާރާތުން 2 ވަނަ އަށް 10000 ރުފިޔާއާއި ޓްރޮފީ އާއި ހަނދާނީ ލިޔުން، އަދި މުބާރާތުން 3 ވަނަ އަށް 5000 ރުފިޔާއާއި ޓްރޮފީ އާއި ހަނދާނީ ލިޔުން ވަނީ ދީފައެވެ. މީގެއިތުރުންވެސް ކޮންމެ އުމުރުފުރާއަކުން 1ވަނަ 2ވަނަ 3 ވަނަ ހޮވައި ތައްޓާއި ހަނދާނީލިޔުންވަނީ ދީފައެވެ.
މިއަހަރުގެ މުޅި މުބާރާތުން 1 ވަނަ ހޯދާފައިވަނީ އައިމިނަތު އައިނީ އަހުމަދެވެ. މުޅި މުބާރާތުން 2 ވަނަ ހޯދާފައިވަނީ އައިޝަތު އީކާ މުޖުތަބާއެވެ. އަދި މުޅި މުބާރާތުން 3 ވަނަ ހޯދާފައިވަނީ ފާތިމަތު ޝައިފާ މުހައްމަދު ސިޔާމެވެ.
ފެނަކައިން ބުނީ މި މުބާރާތް ބާއްވާ މައިގަނޑު މަޤްސަދަކީ ފެނަކަ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކުގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވާ ޢާލާކޮށް ފެތުރުމުގެ މަސައްކަތް ކުރުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު