މާޝާ މިދުހަތު   20 އޭޕްރީލު 2022 - 21:46
ތައި ކޮކޮނަޓް ޝްރިމްޕް ކަރީ ތައްޔާރުކުރަން ބޭނުންވާނެ ތަކެތި:

450ގ ޝްރިމްޕް (ސާފުކޮށްފައި)

1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި)

1 ބެލް ޕެޕަރ (ތުނިކޮށް ކޮށާފައި)

1 ގިތެޔޮ މިރުސް (ޗޮޕްކޮށްފައި)

3 މޭޒުމަތީ ސަމުސާ ތައި ރެޑް ކަރީ ޕޭސްޓް

1 މޭޒުމަތީ ސަމުސާ ފިޝް ސޯސް

2 މޭޒުމަތީ ސަމުސާ ބްރައުން ޝުގަރ

400 މިލިލީޓަރ ކާށި ކިރު

1 މޭޒުމަތީ ސަމުސާ ކޯންސްޓާޗް

ލޮނު

ތެޔޮ

ތައްޔާރުކުރާނެ ގޮތް:

ރިހަ ކައްކާލުމަށް ފުރަތަމަ ތެޔޮކޮޅެއްގައި ފިޔާ، ބެލްޕެޕަރ އަދި މިރުސްކޮޅު ރޯފިލުވާލާށެވެ. ރޯފިލުވާލުމަށްފަހު ފިޔާކޮޅު ވަކިން ތައްޓަކަށް ނަގާށެވެ. ދެން ފިޔާކޮޅު ރޯފިލުވި ތެއްޔަށް ކާށި ކިރު، ރެޑް ކަރީ ޕޭސްޓް، ފިޝް ސޯސް، ބްރައުން ޝުގަރ އެއްކޮށްލައި މަޑުގިނީގައި ކައްކާލާށެވެ. ކެކިގަތުމުން ކޯންސްޓާޗްކޮޅު އެއްކޮށްލައި އޮލަވަންދެން ގިނިމަޑުކޮށް ކައްކާލާށެވެ. ދެން ޝްރިމްޕް ކޮޅާއި، ފިޔާ، ބެލްޕެޕަރކޮޅު އެއްކޮށްލައި ކައްކާލާށެވެ. ދެން ރިހައިގެ ރަހަ ބަލައި ލޮނު ހެޔޮވަރުކޮށްލަން ލޮނުކޮޅެއް އަދި ކުޅި ގަދަ ކުރަން އިތުރަށް ރެޑް ކަރީ ޕޭސްޓްކޮޅެއް އަޅައި މިކްސް ކޮށްލެވޭނެއެވެ.

ރިހަ ސަރވްކޮށްލުމުގެ ކުރިން ލުނބޯ ހުތްކޮޅަކާއި، ބޭސިލް ފަތް ކޮޅެއް އެއްކޮށްލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން