(12 ވަނަ ބައި)

މެންދުރުން އަނބުރާ ފިނި ޖެހުމުން ހަލީމާ ކެއްމަދު ވެފައިވާ ހިތަކާއިގެން އޭނާގެ ދަރިފުޅު ނަޖުދާ ދެކިލުމަށް ގެއިން ނިކުމެގެން ހިގައިގަތެވެ.

އޭނާ ހިނގައިގަތީ ނަޖުދާއަށް ދޭނެ ހަދިޔާއެއް ވެސް ހިފައިގެންނެވެ. ތެލުލި ބަބުކޭލަކީ ނަޖުދާ ވަރަށް ވަރު ހުންނަ އެއްޗެކެވެ. އެއީ ނަޖުދާއަށް އެންމެ މީރު ކާނާ އެވެ.

އެއީ ހަލީމާގެ ރަހުމަތްތެރިއަކު ގެނަސްދިން ބަބުކެއު ދަޅެކެވެ. އޭތިކޮޅު ނަޖުދާއަށް ދޭން ވެގެން ފޮރުވައިގެން އުޅޭތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. މިހާރު އެ ކެއުކޮޅު ކަރުނުވާ ކަމެއްވެސް ނޭގެއެވެ.

"ދަރިފުޅާ... ނަޖުދާ... ނިދަނީތަ؟.."

ދެބަނިދީގައި އޮއްވާ ނަޖުދާއަށް މާމަ ގޮވާލިހެން ހީވިއެވެ. ނަމަވެސް އެއީ އޭނާއަށް ހީވިގޮތް ކަމުގައި ގަބޫލުކޮށް ލޯނުހުޅުވައި އޮތީ އެވެ.

އޭނާ ހީކުރީ އެއީ ރޭގަނޑު އޭނާއަށް އެފެންނަފަދަ ބިލާހެއް ކަމަށެވެ. މާމައައިސް އޭނާއަށް ހެއުކޮށް ހިތާ ތަނާއި، މާމައާއި އެކު އުފަލުގައި އުޅޭތަން ކޮންމެރެއަކުހެން އޭނާއަށް ހުވަފެނުން ފެނެއެވެ.

އެއިން އެއްވެސް ހުވަފެނެއް ހަގީގަތަކަށް ވެފައި ނުވާތީ އޭނާއަށް މިއަދު ވެސް އެއަޑު ގަބޫލު ކުރަން ދަތިވީއެވެ.

"ދަރިފުޅާ.... މީ މާމައޭ..... ނިކަން ލޯ ހުޅުވާލަބަލަ.. ދަރިފުޅާ!..."

ހަލީމާ މަޑުމަޑުން ނަޖުދާގެ ގާތަށް ގުދުވެ އޭނާގެ ގައިގާ ފިރުމާ ލަމުން އަނެއްކާ ވެސް ގޮވާލިއެވެ.

މިފަހަރު ނަޖުދާ ސިހިގެން ގޮސް ލޯ ހުޅުވާލިއެވެ. މިފަހަރު އެއޮތީ އޭނާގެ ހުވަފެން ހަމަރަގަޅަށްވެސް ހަގީގަތަކަށް ވެފައެވެ. އޭނާގެ ކުރިމަތީގައި އެހެރީ ދެވަނަ ދެމީހެއް ނޫނެވެ. އެއީ އޭނާގެ އެންމެ ލޯބިވާ އަބަދުވެސް އެމީހަކު

އެލޮލަކުން ދުށުމަށް އެދޭ އޭނާ ބަލާބޮޑުކުރި އޭނާގެ މާމައެވެ. ފުރަތަމަ ނަޖުދާއަށް އެކަން ގަބޫލުކުރަން ވެސް ދަތިވިއެވެ.

ހަތަރުކަޅި ހަމަވުމާއިއެކު ދެމައިންނަށް ވެސް ރޮވުނީއެވެ.

"އަހަރެން ދެން ގެންދޭ.. މިގެއަކު ނުހުންނާނަށް.. މާމަ ތިޔައީ އަހަރެން ބަލައިދޯ.."

ނަޖުދާ ރޮމުން ގިސްލަމުން މާމަކައިރީގައި އާދޭސް ކުރަމުން ގެންދިޔައެވެ. ނަމަވެސް މިއަދު ހަލީމާއަކަށް ނަޖުދާ އެދައްކާ ވާހަކައެއް އަޑު އެހޭކަށެއް ނެތެވެ. އޭނާގެ އެ އާދޭސްތައް

ޤަބޫލު ކުރެވޭ ކުށެއް ނެތެވެ.

"ދަރިފުޅާ... ހުރިހާ ކަމެއްވެސް މާމައަށް އެގޭ... ދަރިފުޅާ.. ޝުކުރުކުރޭ.. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ... ދަރިފުޅާ ނުރޮއި ހުއްޓާލާ.. ބުނޭ.. އަހަރެން

ދެން ނުރޯނަމޭ ބުނޭ.. ދަރިފުޅު ރުޔަސް މިތާކު އެއަޑު އަހާނެ މީހަކު ނެތްކަން މާމަޔަށް އެގޭ.."

ހަލީމާ ހުއްޓާލީ އޭނާގެ އަޑު މުޅިން ބެދި އަޑު ބޭރު ނުވާ ހިސާބަށް ދިއުމުންނެވެ.

ނަޖުދާ ރޮމުން ގެންދިޔަ މަންޒަރު ފެނުނު ކޮންމެ މީހެއްގެ ހިތަށް އަސަރުކުރާނެއެވެ. އޭނާގެ ގިސްލުމުގައި ވަނީ ވޭނާއި ކެކުޅުމުގެ އުދާސް ތަކެވެ. ހިތާމައާއި ހިތްދަތިކަމެވެ.

މިއަޑު އަހާކަށް ހަލީމާގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އޭނާގެ އެބަލި ހިތަށް ކުރި އަސަރެއްގެ ސަބަބުން މުޅި މީހާ ތުރުތުރު އަޅަން ފެށިއެވެ. ހިތުގެ ރިހުމާއި އެހިތުގައި އަޅާ ވޭނަށް ކެއް ނުކުރެވޭ ވަރަށް ދިއުމުން ހަލީމާ

މަޑުމަޑުން ލޯމަރާލިއެވެ. އަދިމަޑުމަޑުން ކުޑަކަކޫ މައްޗަށް ތިރިވެ އެކުޑަކުޑަ ނަޖުދާގެ އުގުގައި ބޯއަޅާލިއެވެ. ހީވާގޮތުން އެއީއޭނާގެ އެންމެ ފަހުގެ ވަދާއީ ސަލާމެވެ.

"މާމާ... ދެން ނުރޮއި ހުއްޓާލާ.. މާމާ.. ތެދުވެ ޖޯލީގައި އިށީދެލަ ބަލަ.. މާމަވެސް ދެން ނުރޮއި ހުއްޓާލާ.. އޭރުން ކޮއްކޮވެސް ދެން ނުރޯނަން،.. ތެދުވޭ... މިތާ ކޮއްކޮ ކައިރީގާ އިށީދެލަން އާދޭ... "

ނަޖުދާ ބަސްމޮށެމުން ވެންދިޔައީ ބޮޑު އަންހެނަކު ފަދައިންނެވެ. މާމަ އޭނާއަށް ނަސޭހަތްތެރިވި ފަދައިން އޭނާވެސް މިހާރު މާމައަށް ނަސޭހަތްދީ ހިތްވަރު ދެނީއެވެ.

ހަލީމާގެ ބޮލުގައި ލޯބިން ފިރުމަނީއެވެ.

"މާމާ... މިގޭ ބޭބެ އެއީ ވަރަށް ރަގަޅު މީހެއް... އެކަމަކު ދައްތަ ވަރަށް ގޯސް... އެކަމަކު ކޮއްކޮ އެދައްތަ ދެކެ ވަރަށް ލޯބިވޭ..... އެދައްތަ ފެނުނީމަ ހީވަނީ ކޮއްކޮގެ

މަންމަ ފެންނަހެން.... މާމަ އެއްދުވަހަކު ބުނީމެއްނު، ކޮއްކޮގެ މަންމަވެސް ހުންނާނީ ހަމަ އެގޮތަށޭ..."

ނަޖުދާ މާމަގެ ބޮލުގަ ފިރުމަ ފިރުމާފައި ވާހަކަދައްކަމުން ގެންދިޔައެވެ.

"އަސްތާ!... މަންމަ އެވެއްޓެނީ..."

މުފީދު އެއްލިކަޅިއަކުން ހަލީމާ ވެއްޓެމުން ގޮސް ތިރިވާތަން ފެނުމުން ބޭއިހުތިޔާރުގައި ހަޅޭއްލަވައި ގަނެވުނެވެ. އޭރު ހަލީމާގެ ގައިން ވާގި ދޫވެގެން ނަޖުދާގެ އުގުމަތިން ކަހާލައިގެން އައިސް ބިންމައްޗަށް ވެއްޓެނީއެވެ.

މުފީދު ދުވެފައި ކަހަލަ ގޮތަކަށް އައިސް

ހަލީމާ އަތުލަފިކޮށްގެން ކަހަލަގޮތަކަށް ގެނަސް ކައިރީގަ ހުރި އުދޯލީގައި ބޭއްވިއެވެ. އުދޯލީގައި ބޭއްވުމަށްފަހު މުފީދު ފުރަތަމަވެސް ބަލައިލީ އޭނާގެ ވިންދެވެ.

މިފަހަރު މުފީދުގެ މޫނުމަތިން ފެނުނީ ހާސްކަމާއި ނުތަނަވެސް ކަމެކެވެ. ހީވަނީ ކަމެއް ގޯސްވެގެން އުޅެނީ ހެންނެވެ. މުފީދު ހުރީ އެހާވެސް ބޮޑަށް ހާސްވެ ކަންބޮޑުވެފައެވެ.

މުފީދުގެ ހިތައް ވަރަށް އަސަރު ކުރިއެވެ. އަދި އެހާމެ ނަސީބުވެސް ގަދައެވެ. އޭނާގެ މައިދައިތަ މަރުވެގެން އެދިޔައީ މުފީދުގެ މުލައްދަނޑި މަތީގައި އޮވެގެން ނެވެ. އޭނާ މިދުނިޔެއަށް ލާނެ އެންމެ ފަހުގެނޭވާ އެލީވެސް

މުފީދުގެ ހިމާޔަތުގެ ދަށުގައި އޮވެގެންނެވެ.

"ކީއްވެ ފާޑަކަށް ބަލަން ތިހިރީ... މިއީ ކަލޭ ބަނޑު އަޅާ ވިހެއި ކަލޭގެ މަންމައެއްނު.. މިހާރަކު ހަދާނެއް ނެތްދޯ؟

ބަލަ އެފަކީރު މިތާގައި އޮވެ ނިމިގެން ދިޔައިރުވެސް ކަލޭ ހަމަ އެއްވެސް އެއްޗެކޭ ހިތަކަށް ނާރައި، ތިޔަ ހުންނަނީ ހަމަ ކުޅި ބަލަންތަ؟..

-ނުނިމޭ-


ކިޔުންތެރިންގެ ހިޔާލު


-11

އައިންތު

02-Mar-2023

ކޮބާހޭ އަނެއްބައި ހާދަ ކަމެއް ނުވެއޭ ދޯ އަނެއްބައި ނުލިޔަންޏާ ދެން އެވާހަކަވެސް ބުނަންވީނު ވަރަށް ކަޑަ


2

ނިޒޫ

22-Feb-2023

ކޮންއިރަކުންތަ އަނެއްބައި ހާދަލަހޭ އަޕްޑޭޓްވާލެއް ަ


-2

މސ

26-Nov-2022

ކޮބާތަ އަނެއްބައި؟ ހާދަ އަޕްޑޭޓް ނުވާ ބައެއް އުޅޭ ނޫހެއްމީ


0

އައިންތު

04-Nov-2022

ސަލާމް! ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާމިވާހަކަ ދެން އަޕްކޮައްދޭނީ ކޮންއިރަކުންތޯ ?


-2

އައިޝަތު ޒީޓު

01-May-2022

ވާހަކަ ނިމުނީތަ ?? ހާދަ ލަހޭ އަޕުކުރެވޭ ގޮތް



ޓްރެންޑިން