ޗިލީ މެންގޯ ޗިކެން ސްޓަރފްރައި ތައްޔާރުކުރަން ބޭނުންވާނެ ތަކެތި:

- 450ގ ބޯންލެސް ކުކުޅު މަސް ކުދިކޮށް ކޮށާފައި

- 1 މޭޒުމަތީސަމުސާ ކޯން ސްޓާޗް

- 1 މޭޒުމަތީސަމުސާ ސޯއީ ސޯސް

- ½ މޭޒުމަތީސަމުސާ ސެސެމޭ އޮއިލް

- 1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި)

- ½ ސައިސަމުސާ ޗިލީ ފްލޭކްސް

- 1 މޭޒުމަތީސަމުސާ އިނގުރު (ޗަސްކޮށްފައި)

- 2 ކަޕް ސްނޯ ޕީސް، ނުވަތަ ގްރީން ބީންސް

- 1 ދޮން އަނބު ތޮށި މަށައި އޮށް ނަގައި ކުދިކޮށް ކޮށާފައި (ކުޑަ އަނބެއްނަމަ ދެއަނބު ބޭނުން ކުރުން ރަނގަޅު)

- 1 މޭޒުމަތީސަމުސާ ޗިލީ ގާލިކް ސޯސް

- ލޮނު އަދި އަސޭމިރުސް

- ތެޔޮ

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ކޮށާފައި ހުރި ކުކުޅު ކޮޅުގެ ތެރެއަށް ކޯން ސްޓާޗް، ސޯއީސޯސް، އަދި ސެސެމޭ އޮއިލް އެއްކޮށްލައި ރަނގަޅަށް ކޯޓް ކޮށްލާށެވެ. ދެން އުނދުން މަތީ ތެޔޮ ކޮޅެއް އުދައި ފިޔާ އަދި އިނގުރު ކޮޅު އަޅައި ރޯފިލުވާލާށެވެ. ދެން ސްނޯ ޕީސް، ނުވަތަ ގްރީން ބީންސްކޮޅު އެއްކޮށްލާށެވެ. ގްރީން ބީންސްކޮޅު ރޯފިލުމުން، ކުކުޅުކޮޅު އަޅައި ފްރައި ކޮށްލާށެވެ. ކުކުޅު ކޮޅު ރޯފިލާހާއިރުކޮށްފައި އަނބާއި، ޗިލީ ގާލިކް ސޯސް، ޗިލީ ފްލޭކްސް، ކުޑަ އަސޭމިރުސް ކޮޅެއް އަދި ލޮނު ހެޔޮވަރުކޮށްލުމަށް ލޮނުކޮޅެއް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އަނބުކޮޅު ރަނގަޅަށް މަޑުވަންދެން މަޑު ގިނީގައި ކައްކާލާށެވެ.

މިއީ ބަތާއެކު ކާލަން މީރު ކެއުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން