މާޝާ މިދުހަތު   17 އޭޕްރީލު 2022 - 21:11
ކޮކާކޯލާ ކޭކް ތައްޔާރުކުރަން ބޭނުންވާނެ ތަކެތި:

- 2 ކަޕް ފުށް

- 2 ކަޕް ހަކުރު

- 1 ސައިސަމުސާ ބޭކިން ސޮޑާ

- 1/2 ސައިސަމުސާ ލޮނު

- 1 ކަޕް ކޮކާކޯލާ

- 1/2 ކަޕް ބަޓަރ

- 1/4 ކަޕް ކޮކޯޕައުޑަރ

- 1/2 ކަޕް ބަޓަރ މިލްކް

- 2 ބިސް

- 1 ސައިސަމުސާ ވެނީލާ އެސެންސް

ކޭކު ފްރޮސްޓިންގ ތައްޔާރުކުރަން ބޭނުންވާނެ ތަކެތި:

- 1/2 ކަޕް ބަޓަރ

- 1/2 ކަޕް ކޮކާކޯލާ

- 1/4 ކަޕް ކޮކޯޕައުޑަރ

- 4 ކަޕް ހިމުންކޮށް މުގުރި ހަކުރު

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ އުނދުންމަތީ މަނޑުގިނީގައި ބަޓަރ މެލްޓުކޮށްލައި ކޯކް އަދި ކޮކޯ ޕައުޑަރ އެއްކޮށްލާށެވެ. ކޮކޯ ޕައުޑަރ ރަނގަޅަށް މިކްސްވުމުން އުނދުން މަތިން ބާލައި ބޯތައްޓަކަށް އަޅައި ފުށް، ހަކުރު، ބޭކިންގ ސޮޑާ، ލޮނު ބަޓަރ މިލްކް، ބިސް، އަދި ވެނީިލާ އެސެންސް އަޅައި މިކްސްްކޮށްލާށެވެ. ދެން ޓްރޭއެއްގައި ބަޓަރ ހާކައި، ކޭކް ހަދަން ތައްޔާރުކުރި މިކްްސް ޓްރޭއަށް އަޅައި 40 މިނެޓަށް ނުވަތަ ރަނގަޅަށް ފިހެވެންދެން އަވަނަށްލައި ފިިހެލާށެވެ.

ކޭކު ފިހެވެންވާއިރަށް ކޭކުު މައްޗަށް އެޅުމަށް ފްރޮސްޓިންގ ތައްޔާރުކޮށްލާށެވެ. ފްރޮސްޓިންގ ތައްޔާރުކުރުމަށް 10 ވަރަކަށް މިނެޓު މަޑުގިނީގައި ކޮކާކޯލާ ކައްކާލާށެވެ. ދެން ކޮކޯ ޕައުޑަރ އަދި ބަޓަރ އަޅައި ރަނގަޅަށް މިކްސްކޮށްލާށެވެ. ކޮކޯ ޕައުޑަރ ރަނގަޅަށް މިކްސްވުމުން އުނދުން މަތިން ބާލައި ބޯތައްޓަކަށްއަޅައި ހިމުންކޮށް މުގުރާފައިހުރި ހަކުރު ކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

ކޭކް ފިހެނިމި ހިހޫވުމުން ތައްޔާރުކުރި ޕްރޮސްޓިން ކޭކް މައްޗަށް އަޅާލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން