މާޝާ މިދުހަތު   13 އޭޕްރީލު 2022 - 22:44
ޕޮޓޭޓޯ ޗީޒް ބޯލްސް ތައްޔާރުކުރަން ބޭނުންވާނެ ތަކެތި:

- 500ގ އަލުވި (ފެނުކައްކައި ތޮށިމަށައިފައި)

- 2 މޭޒުމަތީ ސަމުސާ ކޮރިއެންޑަރ ފަތް (ޗޮޕްކޮށްފައި)

- 1/2 ކަޕް ފިޔާ (ތުނިކޮށް ކޮށާފައި)

- 2 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

- 1/2 މޭޒުމަތީ ސަމުސާ ޗިލީ ޕައުޑަރ

- 1 ސައިސަމުސާ ލޮނުމެދު ޕޭސްޓް

- 1 ސައިސަމުސާ ކިއުމިން ޕައުޑަރ

- ރަހަހެޔޮވާވަރަށް ލޮނާއި އަސޭމިރުސް

- ތެޔޮ

- 100ގ ޗެޑާ ޗީޒް (ކުދި ކިއުބްކޮށް ކޮށާފައި)

- 1/4 ސައިސަމުސާ ޗިލީ ފްލޭކްސް އަދި އަސޭމިރުސް ޗީޒްގައި ކޯޓް ކޮށްލަން



ޕޮޓޭޓޯ ޗީޒް ބޯލްސް ކޯޓް ކުރުމަށް:

- 2 މޭޒުމަތީ ސަމުސާ ކޯންފްލަރ

- 2 ބިސް

- 1/4 ސައިސަމުސާ ލޮނު އަދި އަސޭމިރުސް

- 1 ކަޕް ފާރޮށި ކުނޑި

ތައްޔާރުކުރާނެގޮތް:

ފުރަތަމަ، ފެނުކައްކައިފައި ހުރި އަލުވި ކޮޅު ޗަސްކޮށްލައި، ކޮރިއެންޑަރ ފަތާއި، ފިޔާ، ލުނބޯ ހުތް، ޗިލީ ޕައުޑަރ، ލޮނުމެދު ޕޭސްޓް، ކިއުމަން ޕައުޑަރ އަދި އަސޭމިރުސް އެއްކޮށްލައި ލޮނުހެޔޮވަރުކޮށްލާށެވެ. ދެން ކިއުބްކޮށްފައި ހުރި ޗީޒްކޮޅުގައި ޗިލީ ފްލޭކްސް އަދި އަސޭމިރުސްކޮޅު ކޯޓްކޮށްލާށެވެ. (100ގ ޗެޑާ ޗީޒް އިން މަދުވެގެން 25 ޗީޒް ކިއުބް ޗޮޕްކޮށްލެވޭނެއެވެ.) ދެން އަލުވި މިކްސް އިން 25 ގުޅަޖަހައި ކޮންމެ ގުޅައެއްގެ ތެރެއަށް ޗީޒް ކިއުބްއެއްލައި ރަނގަޅަށް ބައްދާލާށެވެ. ދެން ކުޑަ ބޯތައްޓެއްގައި ބިހާއި ލޮނާއި އަސޭމިރުސް އެއްކޮށްލައި އިތުރުދެތަށީގައި ކޯންފްލަރ އަދި ފާރޮށި ކުނޑި އަޅާއި ޕޮޓޭޓޯ ޗީޒް ބޯލްސް ކޯޓް ކުރުމަށް ތައްޔާރުކޮށްލާށެވެ. އެއަށްފަހު ތައްޔާރުކޮށްފައި ހުރި ޕޮޓޭޓޯ ޗީޒް ބޯލްސް ކޯންފްލަރއަށްލުމަށްފަހު، ބިހަށްލައި ފާރޮށިކުނޑިއަށްލާށެވެ. ދެން ތެއްލާލާށެވެ. ނުވަތަ އަވަނަށްލައި ފިހެލެވިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން