މާޝާ މިދުހަތު   11 އޭޕްރީލު 2022 - 22:23
ބަސްބުސާ ތައްޔާރުކުރަން ބޭނުންވާނެ ތަކެތި:

- 2 ކަޕް ސެމޮލީނާ ޕައުޑަރ

- 1 ކަޕް ކާށި ހުނި

- 1/2 ކަޕް ބަޓަރ (މެލްޓުކޮށްފަ)

- 1/3 1 ކަޕް ހަކުރު

- 1 ކަޕް ޕްލެއިން ޔޯގަރޓް

- 1 ސައިސަމުސާ ބޭކިންގ ސޮޑަރ

- 1/3 1 ކަޕް އަލްމަންޑްސް ނުވަތަ ކެޝިއުނަޓްސް (ގާނިޝްކޮށްލަން)

ސިރަޕް ހެދުމަށް:

- 2 ކަޕް ހަކުރު

- 1/2 1 ފެން

- 1 މޭޒުމަތީ ސަމުސާ ރޯޒް ވޯޓަރ

- 1 ސައިސަމުސާ ލުނބޯ ހުތް

ތައްޔާރުކުރާނެގޮތް:

ފުރަތަމަ 175 ޑިގްރީ ސެލްސިއަސްއަށް އަވަން ހޫނުކޮށްލަން ޖައްސައި ޓްރޭއެއްގައި ތެޔޮ ނޫނީ ބަޓަރ އުނގުޅާލައި ތައްޔާރުކޮށްލާށެވެ. ދެން ބޯތައްޓެއްގައި ސެމޮލީނާ، ހުނި، ހަކުރު، ބޭކިންގ ސޮޑާ، ބަޓަރ އަދި ޔޯގަރޓް ކޮޅު އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލެވުމުން ޓްރޭގައި ފަތުރާލައި ފަތާކޮށް އޮންނާނެހެން ރީއްޗަށް ފިއްތާލާށެވެ. ބަސްބުސާ މިކްސް ޓްރޭއަށް އެޅުމުން މަދުވެގެން އެއްއިންޗީގެ އުސްމިން ހުންނަންވާނެއެވެ. ދެން ނަޓްކޮޅު މައްޗަށް އަޅާލައި އަވަނަށް ލައި 30 ހަކަށް މިނެޓު ނުވަތަ ބްރައުން ކުލަ އަރަންދެން ފިހެލާށެވެ.

ބަސްބުސާ ފިހެ ނިމެންވާއިރަށް ސިރަޕްކޮޅު ތައްޔާރު ތައްޔާރުކޮށްލަން ވާނެއެވެ. ސިރަޕްކޮޅު ހެދުމަށް، ބޭނުންވާ ތަކެތި ކުޑަތެއްޔަކަށް އަޅައި މަޑު ގިނީގައި 10 ވަރަކަށް މިނެޓު ސިރަޕްކޮޅު އޮލަވަންދެން ކައްކާލާއި، އުނދުން މަތިން ބާލައި ފިނިކޮށްލަން ފްރިޖަށް ލާށެވެ. ދެން ބަސްބުސާ ފިހެ ނިމުމުން، ހޫނުކޮށް ހުއްޓައި އޭގެމައްޗަށް ސިރަޕްކޮޅު އަޅާލާށެވެ.

މިއީ މެދުއިރުމަތީ ގައުމުތަކުގައި މަޝްހޫރު ފޮނި ކާއެއްޗެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން