މާޝާ މިދުހަތު   10 އޭޕްރީލު 2022 - 21:50
މުހައްލެބިއާ ތައްޔާރުކުރަން ބޭނުންވާނެ ތަކެތި:

- 50ގ. ބާސްމަތީ ހަނޑޫ ހިމުން ވަންދެއް މުގުރާފައި

- 1/2 1 މޭޒުމަތީ ސަމުސާ ކޯން ފްލަރ

- 1 ލީޓަރ ކިރު

- 100ގ. ހަކުރު

- 3/4 ކަޕް މުގުރި އަލްމަންޑްސް

- 1 މޭޒުމަތީ ސަމުސާ ރޯޒް ވޯޓަރ

- 2 މޭޒުމަތީ ސަމުސާ ޕިސްޓާޗިއޯ ނަޓްސް ނުވަތަ އަލްމަންޑްސް ޗޮޕްކޮށްފައި

ތައްޔާރުކުރާނެގޮތް:

ބޯތައްޓެއްގައި މުގުރި ހަނޑޫކޮޅާއި، ކޯންފްލަރ، ހަކުރު އަދި 1/4 ކަޕް ކިރު އެއްކޮށްލާށެވެ. ދެން ބާކީ ހުރި ކިރުކޮޅު ތެއްޔަކަށް އަޅައި މަޑު ގިނީގައި ކައްކާށެވެ. ކިރުކޮޅު ހޫނުވީމައި ކުރިން އެއްކުރި ހަނޑުލާއި ކޯންފްލަރ ކޮޅު ތެއްޔައަށް އަޅައި ގަނޑު ނުވާނެހެން ރަނގަޅަށް މިކްސްކޮށްލާށެވެ. 15 ވަރަކަށް މިނެޓު އުނދުންމަތީ ރަނގަޅަށް މިކްސްކޮށް އޮލަވާން ފެށުމުން މުގުރި އަލްމަންޑްކޮޅާއި ރޯޒް ވޯޓަރ ކޮޅު އެއްކޮށްލާށެވެ. އިތުރު ފަސްވަރަކަށް މިނެޓު ރަނގަޅަށް އުނދުންމަތީ ކައްކާލުމަށްފަހު މުހައްލެބިއާ ސަރވް ކުރުމަށް ހަތަރުތައްޓަށް ބައިކޮށްލާށެވެ. ދެން އޭގެ މައްޗަށް ޕިސްޓާޗިއޯ ނަޓްސް ނުވަތަ އަލްމަންޑްސް އަޅައި ރަނގަޅަށް ފިނިކޮށްލާށެވެ.

މިއީ މެދުއިރުމަތީ ގައުމުތަކުގައި މަޝްހޫރު ފޮނި ކާއެއްޗެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން