މާޝާ މިދުހަތު   8 އޭޕްރީލު 2022 - 22:26
ޓޫނާ އެންޑް އެވޮކާޑޯ ވްރެޕް ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:

- 2 ދަޅު މަސް (ފެން މަސްދަޅު ނަމަ ފެންކޮޅު ހުސްކޮށްލާފަ، ތެޔޮ މަސްދަޅު ނަމަ، ތެޔޮކޮޅުވެސް ހުސްކޮށްލާފަ)

- 1 އެވޮކާޑޯ

- 2 މޭޒުމަތީ ސަމުސާ ސިރާޗާ ސޯސް

- 1 މޭޒުމަތީ ސަމުސާ މަސްޓަރޑް ސޯސް

- 1 ބޮޑު ފިޔާ ތުނިކޮށް ކޮށާފައި

- ރަހަހެޔޮވާވަރަށް ލޮނާއި އަސޭމިރުސް

- 1 ބޮނޑި ލެޓިއުސްފަތް

- 1 ކަޕް ކެރެޓު (ހިމަދިގުކޮށް ތިންއިންޗި ހުންނަވަރަށް ކޮށާފައި)

- 4 ރޮށި ނޫނީ ފަރާޓާ (ޓޯޓިއާ ވެސް ބޭނުން ކުރެވިދާނެ)

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ބޯތައްޓެއްގައި މަސްދަޅުކޮޅާއި އެވޮކާޑޯކޮޅު ރީއްޗަށް ޗަސްކޮށްލާށެވެ. ދެން އެއަށް ސިރާޗާ ސޯސް، މަސްޓަރޑް ސޯސް، ފިޔާ އެއްކޮށްލައި އަސޭ މިރުހާއި ލޮނު ހެޔޮވަރުކޮށްލާށެވެ. ވްރެޕް ހެދުމަށް ރޮށީގެ މަތީގައި ލެޓިއުސް ދެފަތްވަރު ބާއްވައި، ކެރެޓް ކޮޅެއް އެޅުމަށްފަހު ޓޫނާ މިކްސް ކޮޅެއް އަޅައި ރޮށި ރަނގަޅަށް ރޯލް ކޮށްލާށެވެ. މިހެން ހަތަރު ވަރަކަށް ވްރެޕް ތައްޔާރުކޮށްލެވޭނެއެވެ.

ކުޑަވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްލެވޭ މިފަސޭހަ ވްރެޕް އަކީ ސިއްހައްތަށްވެސް ފައިދާ ހުރި އެއްޗެކެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން