މާޝާ މިދުހަތު   7 އޭޕްރީލު 2022 - 19:44
ތެރިޔާކީ ޗިކެން ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:

- 2 ޗިކެން ބްރެސްޓް ސާފުކޮށްފަ އެއް އިންޗި ހުންނަވަރަށް ކޮށާފައި

- 1⁄2 ސައިސަމުސާ ލޮނުމެދު ޕައުޑަރ

- ލޮނާއި އަސޭމިރުސް ރަހަ ހެޔޮވަރުކޮށްލަން

- 3 މޭޒުމަތީ ސަމުސާ ކޯންސްޓާޗް

- 3 މޭޒުމަތީ ސަމުސާ ތެޔޮ (އޮލިވް އޮއިލް)

ސޯސް ތައްޔާރުކުރުމަށް:

- 1⁄4 ކަޕް ލައިޓް ސޯއީ ސޯސް

- 3 މޭޒުމަތީ ސަމުސާ ބްރައުން ޝުގަރ

- 1 ސައިސަމުސާ އިނގުރު ޗަސްކޮށްފައި

- 2 ލޮނުމެދު ޗަސްކޮށްފައި

- 1 ސައިސަމުސާ އެޕަލް ސިޑަރ ވިނެގަރ

- 1 ކަޕް ފެން

- 1 މޭޒުމަތީ މޭޒުމަތީ ސަމުސާ ކޯންސްޓާޗް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ސޯސް ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި ބޯތެއްޓައި އެއްކޮށްލާށެވެ. ދެން ކޮށާފައި ހުރި ކުކުޅު ކޮޅު ތެރެއަށް ލޮނާއި، އަސޭމިރުސް، ލޮނުމެދު ޕައުޑަރ އަދި ކޯންސްޓާޗް އެއްކޮށްލާށެވެ. ދެން ތެޔޮ ކޮޅު ހޫނުކުރަން އުދައި، ހޫނުވުމުން އެޔަށް ކުކުޅުކޮޅު އަޅައި ރޯފިލުވާލާށެވެ. ކުކުޅު ކޮޅު ރޯފިލުމުން ކުރިން އެއްކުރި ސޯސްކޮޅު ކުކުޅު ތެރެއަށް އަޅައި ކައްކާލާށެވެ. ސޯސްކޮޅު ކުޑަކޮށް ފެން ހިނދެންދެން ރަނގަޅަށް އުނދުން މަތީ ކައްކާލަން ވާނެއެވެ. އަދި ކައްކާނިނުމުން، ބޭނުންނަމަށް ސެސެމޭ ސީޑްސް އަދި ގްރީން އަނިއަންކޮޅެއް ކޮށާލާފައި މައްޗަށް އަޅާލެވިދާނެއެވެ.

ތެރިޔާކީ ޗިކެން އަކީ ބަތާއެކު އަދި ސްޓީމް ކުރި ތަރުކާރީކޮޅަކާއެކުވެސް ކާލަން މީރު އެއްޗެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން