މާޝާ މިދުހަތު   5 އޭޕްރީލު 2022 - 18:42
ސޮސެޖް އެންޑް އެގް ކެސެރޯލް ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:

450 ގްރާމް ޗިކެން ސޮސެޖް (ކުދިކޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

2 ކަޕް ފިޔާ (ތުނިކޮށް ކޮށާފައި)

1 ރެޑް ބެލް ޕެޕަރ (ޑައިސްކޮށް ކޮށާފައި)

1 ގްރީން ބެލް ޕެޕަރ (ޑައިސްކޮށް ކޮށާފައި)

3 ކަޕް ބޭބީ ސްޕިނެޗް (ޗޮޕްކޮށްލާފައި)

12 ބިސް

1⁄3 ކަޕް ކިރު (ފުލް ކްރީމް ނުވަތަ ސްކިމް މިލްކް ވެސް ބޭނުން ކުރެވިދާނެ)

1⁄2 ސައިސަމުސާ ލޮނު

1⁄4 ސައިސަމުސާ އަސޭމިރުސް

1⁄2 1 ކަޕް ޗެއްޑާ ޗީޒް

ތައްޔާރުކުރާނެ ގޮތް:

175 ޑިގްރީ ސެލްސިއަސްއަށް ފުރަތަމަ އަވަން ހޫނުކޮށްލަން ޖައްސާށެވެ. ދެން ތަވައެއްގައި އުނދުންމަތީ ސޮސެޖުކޮޅު ރޯފިލުވާލާށެވެ. ސޮސެޖުކޮޅު ރޯފިލުވުމުން ވަކިން ތައްޓަކަށް އެޅުމަށްފަހު، ހަމަ އެތަވާގައި ތެޔޮކޮޅެއް އަޅައި ފިޔާ އަދި ބެލް ޕެޕަރ ރޯފިލުވާލާށެވެ. އެއަށްފަހު ސްޕިނެޗްކޮޅު އެއްކޮށްލާށެވެ. ދެން އަވަނަށްލެވޭކަހަލަ ޓްރޭއެއްގައި ތެޔޮ ހާކާލުމަށްފަހު ރޯފިލުވާފައި ހުރި ސޮސެޖުކޮޅާއި، ފިޔާ، ބެލްޕެޕަރ އަދި ސްޕިނެޗް މިކްސް، ޓްރޭ ތެރޭގައި ރީއްޗަށް އަތުރާލާށެވެ. އެއަށްފަހު ބޯތައްޓަކަށް ބިހާއި، ކިރު، ލޮނާއި އަސޭމިރުސް އެއްކޮށް މިކްސްކޮށްލާށެވެ. މިކްސްކޮށްފައިހުރި ބިސްކޮޅު ތެރެއަށް ޗީޒްކޮޅު އެއްކޮށްލުމަށްފަހު ޓްރޭގައި އަތުރާލާފައި ހުރި ސޮސެޖުކޮޅާއި، ފިޔާ، ބެލްޕެޕަރ އަދި ސްޕިނެޗް މިކްސް މައްޗަށް އަޅާލާށެވެ. ދެން 35 މިނެޓުވަންދެން ނުވަތަ ރަނގަޅަށް ބިސްތައް ރޯފިލަންދެން ފިހެލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން