މާޝާ މިދުހަތު   4 އޭޕްރީލު 2022 - 18:38
ބަނާނާ ބްރެޑް ތައްޔާރުލުރުމަށް ބޭނުންވާނެ ތަކެތި:

1⁄2 ކަޕް ބަޓަރ (ފިނިކަން ކަނޑުވާފައި)

1 ކަޕް ހަކުރު

1 ސައިސަމުސާ ވެނީލާ އެސެންސް

2 ބިސް

1⁄2 ކަޕް ސަވަރ ކްރީމް ނުވަތަ ގްރީކް ޔޯގަރޓް

1 ކަޕް ދޮންކެޔޮ

1⁄2 1 ކަޕް ފުށް

1⁄2 ސައިސަމުސާ ބޭކިންގ ސޯޑާ

1⁄2 ސައިސަމުސާ ލޮނު

ތައްޔާރުކުރާނެ ގޮތް:

175 ޑިގްރީ ސެލްސިއަސްއަށް ފުރަތަމަ އަވަން ހޫނުކޮށްލަން ޖައްސާށެވެ. ބަނާނާ ބްރެޑް ހަދަން ބޭނުންވާ ހުރިހާ ތަކެތި ރަނގަޅަށް މިކްސް ވަންދެން އެއްކޮށްލާށެވެ. ދެން ޕާން ފިހާ ޓްރޭއެއްގައި ބަޓަރ ހާކާލުމަށްފަހު ތައްޔާރުކޮށްލާށެވެ. ބަނާނާ ބްރެޑް ހަދަން ތައްޔާރުކުރި މިކްސް ޕާން ފިހާ ޓްރޭއަށްއަޅައި 45 މިނެޓުވަންދެން ނުވަތަ ޓޫތު ޕިކްއެއް ޖަހައި ރަނގަޅައި ފިހެވުނީތޯ ޔަގީންވަންދެން ފިހެލާށެވެ. ޕާން ފިހެވުމުން 10 މިނެޓުވަންދެން ބެހެއްޓުމަށްފަހު ޓްރޭއިން ނަގާށެވެ. ރަނގަޅަށް ހިހޫވުމަށްފަހު ފާން ސަރވް ކުރާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން