މާޝާ މިދުހަތު   3 އޭޕްރީލު 2022 - 17:49
ބީޓްރޫޓް ކަޓްލަޓް ތައްޔާރުކޮށްލުމަށް ބޭނުންވާނެ ތަކެތި:

▪︎ 4 ބީޓްރޫޓް

▪︎ 5 އަލުވި

▪︎ 1 ފިޔާ (ތުނިކޮށް ކޮށާފައި)

▪︎ 1 ގިތެޔޮ މިރުސް (ތުނިކޮށް ކޮށާފައި، ކުޅި މަޑުކޮށްލުމަށް މިރުސް މަދުކޮށްލެވިދާނެ)

▪︎ 1 ސައިސަމުސާ ރެޑް ޗިލީ ޕައުޑަރ

▪︎ 1 ސައިސަމުސާ ލޮނު (ރަހަލާވަރަށް)

▪︎ 2 މޭޒުމަތީ ސަމުސާ ފުށް

▪︎ 1 ސައިސަމުސާ ގަރަމް މަސާލާ

▪︎ 1⁄2 ސައިސަމުސާ މުގުރި ދިރި

▪︎ 1⁄2 ސައިސަމުސާ އިނގުރު ޕޭސްޓް

▪︎ ފާރޮށި ކުނޑި

▪︎ ކޯން ފްލަރ

▪︎ ފެން

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ބީޓްރޫޓް އަދި އަލުވި ކޮޅު ތޮށި މަށާލުމަށްފަހު މަޑުވަންދެން ލޮނުކޮޅެއް އަޅައިގެން ފެނުކަށްކާށެވެ. އެއަށްފަހު އަލުވި އަދި ބީޓްރޫޓް ކޮޅު ޗަސްކޮށްލާށެވެ. ދެން މިރުހާއި، ރެޑް ޗިލީ ޕައުޑަރ، ގަރަމް މަސާލަ، މުގުރި ދިރި، އިނގުރު ޕޭސްޓު، ފުށް އަދި ރަހަލާވަރަށް ލޮނުކޮޅަކާއިއެކު ޗަސްކުރި އަލުވި އަދި ބީޓްރޫޓް ކޮޅާ އެއްކޮށް ރަނގަޅަށް މޮޑެލާށެވެ. ދެން ދެއިންޗި ހުންނަވަރަށް ވައްކޮށް ފަތާކޮށް ގުޅަޖަހައި ފްރިޖަށް ލާށެވެ. ދެން ކުޑަ ބޯތައްޓެއްގައި ކުޑަ ކޯން ފްލަރ ކޮޅަކާއި ފެން އެއްކޮށްލާށެވެ. އަދި އިތުރު ބޯތައްޓަކަށް ފާރޮށި ކުނޑި އަޅާލާށެވެ. އެއަށްފަހު ވައްކޮށް ފަތާކޮށް ގުޅަޖަހާފައި ހުރި ބީޓްރޫޓް އަލުވި މިކްސް ކޯންފްލަރ އަށް ލުމަށްފަހު ފާރޮށި ކުނޑިއަށް ލާށެވެ. ދެން ތެއްލާލާށެވެ. ނުވަތަ އަވަނަށްލައި ފިހެލެވިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން