ހުސްވި ހަފުތާގެ ތެރޭގައި ކ. ގާފަރު ގެސްޓް ހައުސްއެއްގެ ތެރޭގައި އަމިއްލައަށް މަރުވެފައި އޮތް ޒުވާން އަންހެންކުއްޖަކު ވަނީ ފެނިފައެވެ. އއ. ބޮޑުފުޅަދޫ ފަރުދާބަގީޗާގެ ނާޖިލާ، 27އ، މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ޚަބަރެއް ނުވެގެން ބެލިއިރު އޭނާ ހުރި ގެސްޓް ހައުސްގެ ކޮޓަރީގެ ފާޚާނާ ތެރޭގައި ވެއްޓިފައި އޮއްވައެވެ. މަރުވިތާ އެއްދުވަސް ފަހުން ނާޖިލާގެ ހަށިގަނޑު ފެނުނުއިރު އޭނާގެ އަތުން ދޫވެފައި އޮތް ވަޅިއެއް ގެސްޓު ހައުސްގެ ފާޚާނާ ތެރެއިން ފެނުނެވެ.

ނާޖިލާ ފެނުނުއިރު ކަރުގައި ޅިޔައަޅާލާފައިވާކަހަލަ ގޮތަކަށް ވަޅިން ދީފައިވާ ބޮޑު ޒަހަމެއް ފެންނަން ހުއްޓެވެެ. ފުލުހުންގެ އިދާރާއިން ބުނީ އެ މަރާ ގުޅޭ ތަގުގީގު އަދި މުޅިން ނުނިމޭ ކަމަށާއި އެކަމަކު އެ މަރުގައި އިތުރު އެއްވެސް މީހެއްގެ ދައުރެއް އޮތްކަން މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނެތް ކަމަށެވެ. މިމަރާ ގުޅޭ މާ ބޮޑު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެެވެ.

އެހެން ނަމަވެސް ނާޖިލާގެ މަރަށް ދެ ހަފުތާއަށް ވުރެ ގިނަ ދުވަސްވި ފަހުން އެ މަރާއި ގުޅިގެން ފަރުދާގެ ފުރަގަހުގައިވާ ފިއްކަނޑައިގެންދާ ވަރުގެ އަދި ގައިން ހީބިހިނަގައިގެންދާ ވަރުގެ ވަރަށް ހިތާމަވެރި ހިތްދަތި ބޮޑެތި ވާހަކަތަކެއް މިވަނީ ފެންމަތިވެފައެވެ. ނަމަވެސް މިއީ މިހާތަނަށް މީޑިޔާއަށް ތިލަވެފައިވާ ވާހަކަ ތަކެއް ނޫނެވެ. އެ ވާހަކަތައް "ރަސްއޮންލައިން" އަށް އަސަރާއެކު ކިޔައިދިނީ ނާޖިލާގެ ބައްޕައެެވެ. އެހެންކަމުން އަޅުގަނޑުމެން "ރަސް އޮންލައިން"ގެ ކިޔުންތެރިންނާ މިވާހަކަތައް ހިއްސާ މިކުރަނީ މަރުހޫމް ނާޖިލާގެ ބައްޕަގެ ހުއްދައާއި އެކުގައެވެ. ބައްޕަ އެދޭ ފަދައިން އެމަރުހޫމުގެ މަރަށް އިންސާފު ހޯދައިދިނުމުގައި ބައިވެރިވުމުގެ ނިޔަތުގައެވެ. އަދި މި ކުޑަކުޑަ މުޖުތަމަޢުން އެފަދަ ނާތަހުޒީބީ އަދި ނުރައްކާތެރި ލާއިންސާނީ އަމަލުތައް ހުއްޓުވުމުގައި މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމުގައި އެހީތެރިވެ ދިނުމުގެ ހެއު ނިޔަތުގައެވެ.

މީގެ އަހަރުތަކެއް ކުރިން ނާޖިލާގެ ބައްޕައާއި މަންމަގެ ކައިވެނި ވަނީ ރޫޅިފައެވެ. ނާޖިލާ ބައްޕަ މިހާރު އުޅެނީ އެހެން މީހަކާއި އިނދެގެން ރާއްޖެއިން ބޭރުގައެވެ. ރާއްޖެއިން ބޭރުން ތައުލީމް ހާސިލްކޮށްފައިވާ ނާޖިލާ އަކީ ވަރަށް ވިސްނުން ތޫނު ކިޔެވުމަށް ވަރަށް މޮޅުކުއްޖެކެެވެ. އަޚުލާގު ރަނގަޅު ގޭތެރެެއިން ރަނގަޅު ތަރުބިއްޔަތު ލިބިގެން ބޮޑުވަމުން އައި ނާޖިލާ އަކީ މިޒަމާނުގެ ކުދިން އުޅޭގޮތަށް މާބޮޑަށް ބޭރުތެރެއަށް ނިކުމެ އުޅުނު ކުއްޖެއް ނޫނެވެ. އުފަލާ ހިތްހަމަޖެހުމުގައި ދުވަސްތައް ފާއިތުވަމުންދަނިކޮށް ނާޖިލާގެ ހަޔާތަށް ބަނަ ކަޅުވިލާގަނޑެެއްގެ ހިޔަނި އެޅުނީ އުމުރުން އެންމެ 17 އަހަރުގައެވެ.

ނާޖިލާގެ ބައްޕަ ކުއްޔަށް ހިފާފައިވާ އެގޭގައި އޭނާ ދިރުއެޅުމުންދިޔައީ މަންމަ އާއި އެކުގައެވެ. އެގޭގައި ދެން އުޅެނީ މަންމަ އާއި އެއްބަނޑު އަންހެން ކޮއްކޮ (ނާޖިލާގެ ޅިޔަންބެގެ އަންހެނުން) އެވެ. ދައްތަ އާއި މަންމަ ގޭގައި ނޫޅޭ ވަގުތެއްގައި ދަނޑިވަޅު ބަލައި ގޭގައި އެކަނިވި ވަގުތުގެ ބޭނުން ހިފައި ނާޖިލާގެ އިއްފަތްތެރިކަން ފޭރިގަނެ ރޭޕްކުރީ ޅިޔަނެވެ. ނާޖިލާ އެކަމާ ގަދަހެދުމުން މޫނު މަތީގައި ބާލީސް އަޅައި އެ ހަޑިމުޑުދާރު ޖަރީމާ ހިންގިއިރު ރަހުމެއް ހަމްދަރުދީގެ ކަންފުޅެެއް ވެސް ނެތެވެ.

ނާޖިލާއަށް ރައްކާތެރިކަމާއި ހިމާޔަތް ދޭންޖެހޭ މަގާމެއްގައި ހުރި ޅިޔަނުގެ އަނިޔާވެރި ވަކިތަކުގެ ތެރޭގައި ހައްޔަރުވެ ޝިކާރަކޮށްލީ އެ "ފަކީރު" ރޮއި އާދޭސްކޮށްކޮށް އޮއްވައެވެ. އެވަރުންވެސް އަދި ޅިޔަނުގެ ހިތެއް ނުފުރުނެވެެ. އެންމެ ފަހުން ނާޖިލާގެ ބަރަހާނާ ފޮޓޯތައް ނަގައި އެވާހަކަ އެއްވެސް މީހެއް ކައިރީގައި ބުނެފިނަމަ އެ ފޮޓޯތަައް އިންޓަނެޓަށް އުކާލައި ލީކު ކޮށްލާނެ ކަމަށް ބުނެ ބިރު ދައްކައި އިންޒާރު ވެސް ދިނީއެވެ.

އެ ބިރުވެރި ހާދިސާ އާއިއެކު ނާޖިލާގެ ހަޔާތް އެފުށް މިފުށައް ޖެހުނެވެ. ދިރިއުޅުމުގެ މަތިން މުޅިން ފޫހިވެ މާޔޫސްވިއެވެ. މޮޅަށް ކިޔަވަމުން އައި ނާޖިލާގެ ކިޔެވުންް ވެސް މުޅިން ހަލާކުވީއެވެެ. ޅިޔަނުގެ އަނިޔާވެރި ރަހުމުކުޑަ ލާއިންސާނީ އަމަލުތައް ކުރިމަތިން އަބަދު ސިފަވަމުންދާތީ ނާޖިލާ ނަފުސާނީ ގޮތުން ބަލިކަށިވެ ދިރިއުޅުމަށް އުދަނގޫވާން ފެށީއެެވެ. ރަނގަޅު މުސްތަގުބަލެއްް ބިނާކުރުމަށް ފޮނި ހުވަފެންތަކެއް ދެކެމުން އައި ނާޖިލާގެ ހަޔާތް ވިއްސިވިހާލިވެ ދެކެމުން އައި ފޮނި ހުވަފެންތައް ބިލާހަކަށް ވެގެންދިޔައީ އެ ހިތްދަތި ހާދިސާއަށްފަހުއެވެެ.

ނާޖިލާގެ ހަޔާތުގެ ހަތަރު އުދަރެސް ފެނުޖެހެމުންދިޔަ އިރުވެސް އެ އަނިޔާއަށް ކެތްކުރެވޭތޯ އޭނާ މަސައްކަތް ކުރިއެެވެ. ނާޖިލާ އެ ވާހަކަތައް ސިއްރުކޮށް ދިރިއުޅުމައިގެން ކުރިއަށް ދެވޭތޯ ލައްކަ ހިތްވަރުވެސް ކުރިއެވެެ. އެެހެން ނަމަވެސް އެންމެފަހުން ނާޖިލާގެ ކެތްތެެރިކަން ވެސް "ކޮޅުންލީ" އެެވެެ. ކޮންމެ ގޮތެއްވި ނަމަވެސް ބައްޕަ އާއި ބައްދަލުކޮށް އެހާތަނަށް ސިއްރު ކުރަމުން އައި އެވާހަކަތައް ކިޔައިދިނުމަށް ނާޖިލާ ނިއްމީ އެ ހިސާބުންނެވެ. އެއީ މީގެ އަހަރެއްްހާ ދުވަސްކުރިއެވެ.

އެއްދުވަހަކު ނާޖިލާ އޭނާގެ ބައްޕައަށް ގުޅައި ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުންވާތީ އަވަހަށް ބައްދަލުކޮށްލަން އެދުނެެވެ. ގެއަށް އައުމުން ބައްްޕަ އާއި ބައްދަލުވުމާއެކު ނާޖިލާގެ އެ ހިތްދަތި އުދާސްތަކަށް ކެތްނުކުރެވި ހިތް ފަޅައިގެން ގޮސް ރޯންފެށިއެެވެ. ނާޖިލާ ބައްޕަގެ ގައިގާ ބައްދާލައިގެން ހިރެ ރޮމުން ގޮސްލަމުން ބުނީ ވަރަށް ބޮޑަށް ބަލިވެ އުޅޭ ވާހަކައެެވެ. ނާޖިލާގެ އަމަލުތައް ހުރި ގޮތުން ކޮންމެވެސް ބޮޑުކަމެއް ވެއްޖެ ކަމަށް ބައްޕައަށް ކުރެވުނު އިހުސާސާއެކު ވީ ކިހިނެއްތޯ ނާޖިލާގެ ބައްޕަ ސުވާލުކުރިއެވެެ.

ވެގެން އުޅޭގޮތް ނާޖިލާ ކިޔައިދޭން ފެށީ ދެނެވެ. އުމުރުން 17 އަހަރުގައި ޅިޔަނު އޭނާ ރޭޕްކޮށް ބަރަހާނާ ފޮޓޯ ނެގި ވާހަަކަ ވަރަށް ލަދުވެތިކަމާއެކު އަސަރާއެކު ބައްޕައަށް ކިޔައިދިނެވެ. އެވާހަކަ އޭރު ސިއްރުކުރީ ކީއްވެތޯ ބައްޕަ ސުވާލުކުރުމުން ނާޖިލާ ބުނީ މަންމަގެ ފަރާތުން އެކަން އެންމެންނަށް ވެސް އެނގޭނެ ކަމަށެވެ. އެ ވާހަކަ ނުދައްކައި ސިއްރުކުރީ އާއިލާ ބަދުނާމުވެދާނެތީ މަންމަގެ އެދުމުގެ މަތިން ކަމަށް ނާޖިލާ ބުންޏެވެެ. އެކަން ހިނގިކަން ނާޖިލާގެ ޅިޔަނުގެ އަންހެނުން (މަންމަ ފަރާތު ބޮޑުދައިތަ) އަށް އެނގުމުން އެކައިވެނި ރޫލާލައި ޅިޔަނު ކައިރިން އޭނާ ވަރިވިއެވެ.

ނާޖިލާގެ ދައްތަ ހުރީ އެ މައްސަލައިގައި ބަޔާން ދޭން ވެސް ތައްޔާރަށެވެ. "ރަސްއޮންލައިން" އަށް މައުލޫމާތު ދެމުން ނާޖިލާގެ ބައްޕަ ބުނީ ނާޖިލާއަށް ދިމާވި ހިތާމަވެރި ހާދިސާ އަށްފަހު އޭނާ ނަފުސާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވި ކަމަށާއި، އެބަލިން އޭނާ ސަލާމަތްކުރުމަށް މަސައްކަތް ވެސް ފެށި ކަމަށެވެ. އެހެން ނަމަވެސް މިދިޔަ ދެ އަހަރު ރާއްޖެއިން ބޭރުގައި ހުންނަންޖެހި ކޮވިޑާއި ހެދި ރާއްޖެ ނާދެވުމުން ނާޖިލާއަށް ބޭނުންވާ ލޯތްބާއި އަޅާލުމާއި އެހީތެރިކަން ނުދެވުނު ކަމަށް ނާޖިލާގެ ބައްޕަ ބުންޏެވެ.

"ރާއްޖެ ނުދެވުނީމަ ނާޖިލާ އާއި ތަންކޮޅެއް ދުރުވެސް ވާނެތާ ދެއްތޮ. އެހެން ދިމާވުމުގެ ސަބަބުން އެ ބޭނުންވާ ވަރަށް އަޅުގަނޑަށް ކައިރިން ލޯބިވެސް ނުދެވުނު. އެ ބަލީގައި ގޮސް އޭނާ އެމަރުވީ، ދެން ރޭޕްކުރުން މީގެ މައްސަލައަކީ. ކުޑަކުއްޖަކު ރޭޕްކުރުމަކީ ކުށެއް ނޫންތޯ،" ރާއްޖެއިން ބޭރުގައި ހުރެ ފޯނުން "ރަސްއޮންލައިން" އަށް ދިން އިންޓަވިއުގައި ނާޖިލާގެ ބައްޕަ ކިޔައިދިނެވެ.

ނާޖިލާގެ ބައްޕަ ބުނާގޮތުން އެ ވާހަކަ ސިއްްރުކުރީ އޭނާގެ އެދުމުގެ މަތިންނެވެ. އޭނާ ދުނިޔޭގައި ހުއްޓާ އެމައްސަލަ ނުޖެއްސުމަށާއި، އޭރުން ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރައި ދުނިޔޭގައި އުޅުމަށް ދަތިވެދާނެ ކަމަށް ނާޖިލާ ބުނި ކަމަށް ބައްޕަ ބުންޏެވެ. އެހެންކަމުން ނާޖިލާގެ އެދުމާއެކު އެކަމުގެ ތެދު ދޮގާއި ހަގީގަތާއި ހަމައަށް ރަނގަޅަށް މައުލޫމާތު ސާފުވަންދެން މައްސަލަ ނުޖައްސަން ބައްޕަ ނިއްމީއެވެެ. ނާޖިލާ މަރުވުމުގެ ކުރިން އެންމެ ފަހުން ބައްޕަ އާއި ބައްދަލުވި ދުވަހު "ދުނިޔޭގެ އަނެއް ފަރާތަށް ދާން ބޭނުންވާ" ކަމަށް ނާޖިލާ ބުނެފައިވެއެވެެ.

"ދެން އަޅުގަނޑު ބުނިން ދުނިޔޭގެ އަނެއް ފަރާތުގައި އުޅެފައި ނޫންހޭ ތިޔައީ، އެއީ އޭނާ ކެނެޑާގައި އުޅުނު ވާހަކަ އަޅުގަނޑު ބުނީ. ދެން ބުނީ އަދިވެސް ޖައްސާލަން ބޭނުމޭ އަޅުގަނޑު ބުނިން ތިކަމާއި ދޭތެރޭގައި ވިސްނާލާނަމޭ." އެންމެ ފަހުން ނާޖިލާއާއި ބައްދަލުވެ ދެކެވުނު ވާހަަކަތައް "ރަސްއޮންލައިން" އާއި ހިއްސާ ކުރަމުން ނާޖިލާގެ ބައްޕަ ބުނެޏެވެ.

ނާޖިލާގެ މަންމަގެ ތިން ކުދިން ތިބެއެވެ. އެއީ ފިރިހެންކުއްޖަކާއި ދެ އަންހެން ކުދިންނެވެ. ނާޖިލާގެ ބައްޕަ ބުނީ އޭނާގެ މަރަށް އިންސާފު ހޯދާނެ ކަމަށާއި އެކަމުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ. ކިތަންމެ ގިނަ ދުވަހެއް ވިނަމަވެސް އެކަން ކުރި ޅިޔަނު ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ނާޖިލާގެ ބައްޕަ ބުންޏެެވެ.

ރޭޕް ކުރި ކަމަށް ތުހުމަތުކުރާ އޭނާގެ ޅިޔަނު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ. ނާޖިލާ އަމިއްލައަށް މަރުވި ނަމަވެސް އެމަރުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބުތައް ހޯދުމަށް ތަހުގީގުގެ އެންމެ ފުނަށް ވާސިލްވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ ބޮޑު ތުހުމަތެއް ޅިޔަނުގެ މައްޗަށް ކުރާއިރު އެކަމުގެ ހަގީގަތް ފުލުހުން ހާމަކުރަންޖެހެއެވެ. މިމައްސަލައިގައި ބަޔާން ދޭން ތައްޔާރަށް ތިބި ކަމަށް އާއިލާއިން ބުނާއިރު މިމައްސަލައިގެ ތަހުގީގަށް އެ ފަރާތްތަކުގެ ބަސް ހޯދަންޖެހެއެވެ. އެހެން ނޫނީ ނާޖިލާގެ މަރަށް އިންސާފު ހޯދައިދެވުނު ކަމަކަށް ނުވާނެއެވެެ.

ނާޖިލާ މިއަދު ދުނިޔޭގައި ނެތް ނަމަވެސް ޅިޔަނު އޭނާ ރޭޕްކުރި ކަމަށް ބަައްޕައާއި އާއިލާއިން ކުރާ ތުހުމަތުގެ ހަގީގަތް ސާފުވާންޖެހެއެވެ. ޅިޔަނު އެ ނުބައި ޖަރީމާ ހިންގައިފައިވާނަމަ އޭނާ އަށް ހަައްގު އަދަބު ލިބެންޖެހޭނެއެވެެ. ޢެހެން ނޫނީ އެއީ ނާޖިލާއަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެކެެވެ.


ކިޔުންތެރިންގެ ހިޔާލު


-14

ސިތޫ

06-Apr-2022

މަށަކައް ނޭނގެ އާޓިކަލް ކިޔާފަ ކޮމެންޓް ކުރަން މިއަންނަ މީހުންގެ ބިސްނުމާއި ފިކުރު ހުންނަނީ ކިހިނެއް ކަމެއް! މި ހާދިސާގަ މައްމަގެ އަދި ބައްޕަ އަދި މުޅި އާއިލާގެ ވެސް އިހުމާލު އެބޮތް! ރަނގަޅު! އަމިއްލައައް މަރުވުންވެސް ރަނގަޅެއްނޫން! ސީދާ ބޮޑުވެގެންވާ ފާފައެއް! އެކަމް ހާދިސާ ހިނގިތާ 10 އަހަރައްފަހު ނާޖިލާ މި ނެގި ފިޔަވަޅު ނަގާނީ ހާދަ ވޭނެެއް ތަހައްމަލް ކޮއްފައޭ! ދުނިޔޭގައި ޑިޕްރެޝަން އަކީ ވެސް މީހުން ތަހައްމަލް ކުރަމުންދާ ބައްޔެއްކަން ގިނަ މީހުންނައް ނޭނގޭ! ތާކުން ހަމަ އެއްޗެއް ފެންނައިރައް ޖެހޭނެ ކޮމެންޓް ކުރަން! އެއްވެސް ހޭލުންތެރިކަން ނެތް ބައެއް! ރޭޕް ކުރުމާ ބްލެކްމެއިލިން ފަދަ ކަމަކާ ދިމާވީމަ އެނގޭނީ އެ ކިހާ ވަރެއްގެ ކަމެއްކަން! އުއްމީދަކީ މިކަހަލަ ކަމެއް އެއްވެސް މީހަކާއި ދިމާ ނުވުން! ވި ނަމަވެސް ނާޖިލާ އެ ނެގި ކަހަލަ ޑެސިޝަން އެއް ނުނެގުން! މާތްﷲ ތި އެންމެހާ ބޭފުޅުންނައް ހެޔޮ ވިސްނުން ދެއްވާ ކެތްްެރިކަން ދެއްވާށި! އާމީން!


4

މުހައްމަދު

06-Apr-2022

ތިހާ އަހުލާގު ރަނގަޅުވެފަ އީމާންތެރި ވީމަ ތޯ އަމިއްލަޔަށް އެވަރުގެ ކަމެއްކުރީ. ބައްޕަ އޭނާގެ ފައިސާވެރިކަމާ ހުރެ ދަރިޔަށް އިހުމާލުވެފަ މިހާރު ތިކިޔަނީ ފަޅޮލޭ. ޅަ އަންހެން ކުއްޖަކާ އިނދެގެން ބަފާގޮސް ޔޫރަޕްގަ. ދަރި އެއްގެސްޓް ހައުސް އިން އަނެއް ގެސްޓްހައުސްގަ ދުވަނީ.


3

އަވަސް

06-Apr-2022

އެފަދަކަންތައް ގިނައިންކުރޭ


-3

ާައަލީ

06-Apr-2022

މަންމަ ހައްޔަރު ކުރޭ


-6

ނިކަމެތި މީހާ

06-Apr-2022

ހަމަ ޔަގީނުންވެސް، މަގޭ ދަރިޔކު ރޭޕް ކުރިކަން އެނގޭ ހިސާބުން މަގޭ ލޮލައް ނިދިނާންނާނެ އެކަން ކުރި މީހާ މަގޭ އަތުން ބޮނޑިއެއް ނުބޮނީހެއް! މިތާ އިންސާފު ހޯދޭނީ އެގޮތަށް! ސަބަބަކީ މިތާ އޮންނަނީ އަންދާ ޤާނޫނު!


2

ބިޔަނު

01-Apr-2022

އަމިއްލަޔައްތޯ މަރުވީ، އަތުގަ ވަޅިއަޅާ އަމިއްލަ ނަފުސައް ގެއްލުން ދެމުންގޮސް ކަރުގަ ވަޅިއަޅާ އަމިއްލަޔަށް މަރުވި ނަމަ ތި އަންހެންމީހާ ތިކުރީ ހާދަބޮޑު ފާފައެކޭ، ޒިނޭ ކުރުމާ ރޭޕް ކުރާ ވާހަކަ ތީ މުޅިން ތަފާތު ވާހަކައެއް، 17 އަހަރުގެ އީމާންތެރި ކުއްޖެއް އެންމެ މީހަކަށް ރޭޕް ކުރެވިދާނެބާ،


6

ސަފީރު

01-Apr-2022

ރޭޕުގެވާހަކަ އެނގިތިބެ އެކަން މިހާތަނަށް ސިއްރުކުރި އެންމެންވެސް ކުއްވެރިވޭ.. އަދި ތިފަދަ ގޮތަކަށް ވާހަކަ ފަޅާލުމުން ތިޔަބުނާ ރޭޕިސްޓަށް ހެކި ފޮރުވުމުގެ ފުރުސަތު ވަރަށް ބޮޑު..


7

ސޯބިރާ

01-Apr-2022

މަންމަގެ ބަހެއް ހޯދާލިނަމަ ފުރިހަމަ ވީސް.


12

ނަސީރު

01-Apr-2022

ތިކަމުގެ ޒިންމާ ނަގަން ޖެހޭނީ އަހަރެން ދެކޭ ގޮތުގަ މަންމަ.ޔައުނީ މަންމަ ގައިރީ ހުރެ ހިގާދިޔަ ކަމެއް. ބައްޕަ ވީ މާ ދުރުގަ.


-10

ހިކްލީލު

01-Apr-2022

ޅިޔަނަކީ ސިޔާސީ ބޮޑެއް ގެ ދަރިޔަކީބާ؟ ނޫނީ ބުރޯ ހެދިގެން އުޅޭ ކަންމަތީ ސޮރެއް ބާ؟


2

ފުއާދު

01-Apr-2022

ފެމެލީ ގެ ރެސްޕޯން ވަރައް ބޮޑައް ފެއިލް. މަންމަ ކާކުދެކެ ބިރުން ފުލުހައް ރިޕޯޓް ނުކުރީ؟


-9

ބަކުރު

01-Apr-2022

އެދެނީ އިންސާފު ވީހާވެސް އަވަހަކް ލިބުން. ކޮންފަދަ ނުބައި ނުލަފާ ޅިޔަނެއްތަ. އޭނާ ހިފާ ތަހުޤީގު އަވަސް ކުރޭ


9

ނިޒެކްސް

01-Apr-2022

ދުނިޔޭގައި ހުއްޓާ މިކަން އެގުނުނަމަ އެންމެންވެގެން އެފަކީރު ރޮލާކާލާނެ ކަން އެކުއްޖާއަށް އެގޭ. ރަނގަޅު އެއްޗެއް ދުލުން ބޭރުނުކުރެވޭ ހާލު ނުބާ ކޮމެންޓްތައްކުރުމަށް ތި އިގިލިތައް ބޭނުން ނުކޮށްބަލަ. ޙެޔޮވިސްނުން ދެއްވާސި. އާމީން.


2

ހަޔާ

01-Apr-2022

އެނގުނީ އެންމެ އަހަރެއް ކުރިން ކަމަށް ބުނާ ވާހަކަ ގަބޫލެއް ނުކުރާނަން. އަހަންނަކީ ނާޖިލާގެ އެފްބީ ފްރެންޑެއް. އަހަރުތަކެއް ކުރިން އޭނަ ފޭސްބުކަށް ރޮއެރޮއެފަ އެވާހަކަ ކިޔައިދެމުން ވީޑިއޯއެއް ލި. އައިޑީ ޑިއެކްޓިވޭޓްކޮށްލި ތާ މިހާރު ދުވަސްގަނޑެއް ވީމަ އެ ވީޑިއޯ ނުފެނޭ މިހާރު.


3

ދިދަ ދަނޑި

01-Apr-2022

ދުނިޔޭގަ ހުރި ދުވަހު ތިކަން ސިއްރުނުކޮށް އިންސާފު ހޯދަން މަސައްކަތް ކުރިނަމަ..


9

ޞައްދާމު

01-Apr-2022

ތީ ތެދެއް ނަމަ, ބައްޕަގެ އިހުމާލު އެބައޮތް. އިހުމާލަކީ އަދަބު ލިބެންޖެހޭ ކަމެއް.


7

ވަހީދު

01-Apr-2022

17 އަހަރުގައި ހިގި ހާދިސާ 27 އަހަރު ގައި ނިޔާވި 10 އަހަރު ވީ އިރު އާއިލާ އިން އިހުމާލް އެބައޮތް. ޅިޔަނުވެސް ގޯސް. ދައްތަ ވަރިވީމަ އެކަން ހައްލެއްނުވާނެ. އާއިލާ މިއަދު ތިވާ ބަދުނާމް ދެން ކިހިނެއް ސަލާމަތް ކުރަނީ. ދަރި ދުނިޔެ އަލާ ދޔާމަ ދެން އަމިއްލަ ބަދުނާމް ނުވޭ. މިއަދު ކުރާ ދައުވާގަ ހެކި ދޭކަށް ދަރިޔެއް މި ދުނިޔެ އަކު ނެއް. މިހާދިސާ އިވި ހިތާމަ ކުރަން


4

ސުލައިމާން

01-Apr-2022

ތީވާ ބައްޕައެއް ދަރި އެވަަހަކަ ހިޔައިދިނީމަ ދަރި ދޫކޮށްފަ ފިލީ ދޯ. ކޮވިޑާއިހެދި ނައާދެވުނީއޭ ބުނީމަ ގަބޫލް ނުކުރެވެނެ. ތީ ކޮންކަހަލަ ބައްބައެއް. ބައްޕައޭ ކިޔަންވެސް ލަދުގަނަނަން ޖެހޭނެ.


-5

ހެއަރަބެ

01-Apr-2022

ތިޔަބުނާ ޅިޔަނުގެ ނަންވެސް ހާމަ ކޮއްލިނަމަ އާޓިކަލް ފުރިހަމަ ވީސް!!! ޢޭރުން އެހެން އަންހެން ކުދީންނަށް އޭނާގެ ވަކި ތަކުން ސަލާމަތްވާން ފަސޭހަވާނެތާ!! ހެއްރަބެ އަށް މައުލޫމާތު ލިބިފައިވާގޮތުގައި އޭނާގެ ނަމަކީ އިސްމާއިލް ޒާހިރު!!! ނާޖިލާ ރޭޕް ކުރިއިރު އޭނާ އިދެގެން އުޅުނީ ޝާހިދާ ކިޔާ ކުއްޖާކާ!!!!


5

ހެއަރަބެ

01-Apr-2022

ތިޔަބުނާ ޅިޔަނުގެ ނަންވެސް ހާމަ ކޮއްލިނަމަ އާޓިކަލް ފުރިހަމަ ވީސް!!! ޢޭރުން އެހެން އަންހެން ކުދީންނަށް އޭނާގެ ވަކި ތަކުން ސަލާމަތްވާން ފަސޭހަވާނެތާ!! ހެއްރަބެ އަށް މައުލޫމާތު ލިބިފައިވާގޮތުގައި އޭނާގެ ނަމަކީ އިސްމާއިލް ޒާހިރު!!! ނާޖިލާ ރޭޕް ކުރިއިރު އޭނާ އިދެގެން އުޅުނީ ޝާހިދާ ކިޔާ ކުއްޖާކާ!!!!


1

ކޮވިޑް

01-Apr-2022

ދަރިއަށް އަޅާލުން ނުދެވުނީ ކޮވިޑް އާއި ހެދި ދެއްތޯ? ބައްޕަގެ ޒިންމާ އަދާ ނުކޮއް ކީއްތޯ ތިކުރީ? ދަރިއަށް އެވަރު އަނިޔާ ދިނީމަ އޭގެ ބަދަލު ހިފިންތޯ? ހިމާޔަތް ދަރިއަށް ދެވުނުތޯ? ތިިޔަ ޅިޔަނަށް އަދަބު ދޭންޖެހޭ!! ދެން ކުއްޖާ މަންމަގެ އާއިލާ ބަދުނާމް ނުވެ ތޯ މިހާރު މިއޮތި, މައްމަ މި އެދުނީ ސިއްރުކުރަން, ކަލޭމެން ދަރިން ނުހޯދާ!


2

ހުސެން

01-Apr-2022

އެކުއްޖާ ދުނިޔޭގަ ހުއްޓަ ހޯދަން ނޫޅުނު އިންސާފެއް ހޯދަން މިހާރު ތިޔަ އުޅެނީއޯ؟


2

ލިޔަނު

01-Apr-2022

ޅިޔަނު ރޭޕް ގޯސް. އެކަމު ގެސްޓް ހައުސްގައި ކީއްކިރަނީ. ކަރުގައި ވަޅި އެޅީ ކާކު. ފޮޓޯ ނެގީ ނުރުހުމުގައިތަ؟



ޓްރެންޑިން