މިއަހަރުގެ އޮސްކަރ އެވަރޑްސްގައި އެންމެ މޮޅު އެކްޓަރގެ ލަގަބު ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ވިލް ސްމިތު ކާމިޔާބުކޮށްފިއެވެ. މިއީ ވިލް ސްމިތު މިއެވަރޑް ހާސިލުކުރި ފުރަތަމަ ފަހަރެވެ.

މިއަހަރުގެ އޮސްކަރ އެވަރޑްސް ނުވަތަ 94 ވަނަ އެކަޑެމީ އެވަރޑްސް ބާއްވާފައިވަނީ އެމެރިކާގެ ލޮސް އެންޖެލިސްގައެވެ. މިއެވަރޑްސް ހަފްލާގައި މިދިޔަ 12 މަސް ދުވަހު ފިލްމު އިންޑަސްޓްރީގެ ކާމިޔާބީތައް ފާހަގަކޮށްފައިވެއެވެ.

އެގޮތުން މިއަހަރުގެ އޮސްކަރ އެވަރޑްސް ހަފްލާގައި އެންމެ މޮޅު އެކްޓަރގެ މަގާމު ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ވިލް ސްމިތު ކާމިޔާބުކޮށްފައިވާއިރު، ބެސްޓް އެކްޓްރެސްގެ މަގާމު ހާސިލުކޮށްފައިވަނީ ޖެސިކާ ޗެސްޓެއިންއެވެ. އަދި މިއަހަރުގެ އޮސްކަރ އެވަރޑްސްގެ އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި އިނގިރޭސިފިލްމު "ކޮޑާ" އެވެ.

2022 ވަނަ އަހަރުގެ އޮސްކަރ އެވަރޑްސް ހާސިލު ކުރި އިތުރު ފަރާތްތައް:

▪︎ ބެސްޓް ސަޕޯޓިންގ އެކްޓްރެސް: އާރިއާނާ ޑީބޯސް، ވެސްޓް ސައިޑް ސްޓޯރީ

▪︎ ބެސްޓް ސަޕޯޓިންގ އެކްޓަރ: ޓްރޯއީ ކޮޓްސުރ، ކޯޑާ

▪︎ ބެސްޓް ޑިރެކްޓަރ: ޖޭން ޗެމްޕިއަން، ދަ ޕަވަރ އޮފް ޑޯގް

▪︎ ބެސްޓް އޮރިޖިނަލް ސްކްރީންޕްލޭ: ބެލްފާސްޓް

▪︎ ބެސްޓް އެޑަޕްޓެޑް ސްކްރީންޕްލޭ: ކޯޑާ

▪︎ ބެސްޓް އެނިމޭޓެޑް ފީޗަރ: އެންކާންޓޯ

▪︎ ބެސްޓް ޑޮކުމެންޓަރީ ފީޗަރ: ސަމަރ އޮފް ސޮއުލް

▪︎ ބެސްޓް އޮރިޖިނަލް ސޯންގް: ނޯ ޓައިމް ޓު ޑައި، ބިލީ އައިލިޝް

▪︎ ބެސްޓް ސިނެމެޓޮގްރަފީ: ޑޫން


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން