ދުނިޔޭގެ ބޮކްސް އޮފީހުގައި ފިލްމު "ބަހޫބަލީ 2" ހޯދި ކާމިޔާބީ ފަހަތަށްޖައްސާލައި ފިލްމް "އާރްއާރްއާރް" ކުރިއަށް ޖެހިލައިފިއެވެ.

ތެލެގޫ ބަހުން ރިލީޒްކޮށްފައިވާ "އާރްއާރްއާރް" މިފިލްމަކީ 2018 ވަނަ އަހަރު މިފިލްމުގެ މަސައްކަތް އިއުލާން ކުރުމާއިއެކު އެންމެ ގިނަބަޔަކު ބަލާލަން ކެތްމަދުވެފައި ތިބި އެކްޝަން ފިލްމެވެ. ކޮވިޑާއެކު ފިލްމު ރިލީޒްކުރުން ފަސްވިނަމަވެސް މިދިޔަ ހުކުރު ދުވަހު ވަނީ މިފިލްމު ރިލީޒްކޮށްފައެވެ.

އިންޑިއާގެ ސިނަމާތަކުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިނަމާތަކުގައި މިހާރު ރިލީޒްކޮށްފައިވާ މިފިލްމަށް އެންމެ ދެދުވަހުގެ ތެރޭގައިވެސް މާލީ ގޮތުން އެތައް ކާބީޔާބީއެއް ވަނީ ލިބިފައެވެ.

އެގޮތުން ބައިނަލް އަގުވާމީ ބޮކްސްއޮފީހުގައި މީގެ ކުރިން ބޮޑު ކާމީޔާބީއެއް ހޯދާފައިވާ ބަހޫބަލީ 2 ފަހަތައް ޖައްސައި ފިލްމް "އާރްއާރްއާރް" އަށް މިހާތަނަށް ވަނީ 233 ކަރޯޑް ރުޕީޒް ލިބިފައެވެ. ބައިނަލް އަގުވާމީ ބޮކްސްއޮފީހުގެ އެންމެ ކުރީގައި ކުރިން އޮތް ބަހޫބަލީ 2 އަށް ލިބިފައިވަނީ 215 ކަރޯޑް ރުޕީޒްއެވެ.

ފިލްމު އާރްއާރްއާރް ގައި ތެލެގޫ މަޝްހޫރު އެކްޓަރުން ކަމުގައިވާ ރާމާ ރާއޯ، ރާމް ޗަރަންގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ދެތަރިންކަމަށްވާ އަޖޭ ދޭވްގަން އަދި އާލިޔާ ބަޓްވެސް ފެނިގެން ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން