އިސްލާމީ މަރުކަޒުގައި ރޭ ފަތިސް ނަމާދަށް ބަންގި ނުގޮވާކަން ހާމަވެއްޖެއެވެ.

"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްލާމީ މަރުކަޒުގެ އިމާމް ޗުއްޓީ ނެންގެވުމުން ޑިއުޓީ ޓޭބަލް އޮޅިގެން ރޭ ފަތިސް ނަމާދު ބަންގި ގޮވާނެ މީހަކު ނެތިގެން ނަމާދުވެސް ކުރީ އާންމުންގެ މީހެކެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގައި ނަމާދަކަށް ބަންގި ނުގޮވާދިޔަ ފުރަތަމަ ފަހަރެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްލާމީ މަރުކަޒުގައި ބަންގި ގޮވާނެ މީހަކު ނުވީ، އިމާމެއް ޗުއްޓީ ނެންގެވުމުން ޑިއުޓީއަށް އޮޅުން އަރައިގެނެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު