އުގައިލް ފައުންޑޭޝަނުން ހިންގާ ލީޑާރސް އޮފް ޓުމޯރޯ ޕްރޮގްރާމަކީ ޒުވާން ކުދިންގެ މެދުގައި ކަންކަމުގައި އިސްނެގުމަށް ދަސްކޮށްދީ އެކަމަށް ހިތްވަރު ލިބޭ ވަރަށް މުހިންމު ޕްރޮގްރާމެއްކަން އެ ޕްރޮގްރާމުގެ ބައިވެރިން ހާމަކުރެއެވެ. އުމުރުން 14 އަހަރުގެ މަރިޔަމް އީޝަލް މުނައްވަރަކީ އުގައިލް ފައުންޑޭޝަނުން މިއަހަރު ހިންގަމުންދާ ލީޑާރސް އޮފް ޓުމޯރޯ ޕްރޮގްރާމުގެ ދަރިވަރެކެވެ. މިޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް ލިބޭ ފައިދާތައް ހިއްސާ ކުރަމުން އީޝަލް ބުނީ މިޕްރޮގްރާމުގެ އަލީގައި އަމިއްލައަށް ކަންކަމުގައި އިސްނެގުމަށް ހިތްވަރު އާކޮށްދޭކަމަށެވެ.

"އަމިއްލައަށް ކަންކަމުގައި އިސްނެގުމަށް ހިތްވަރު އާކޮށްދީ އެކިކަންކަމުގައި މުއާމަލާތް ކުރުމުގެ ހުނަރު ލިބޭ. މިޕްރޮގްރާމުގެ އެހީގައި އެތައް އާކަމެއް ދަސްވެގެން އެބަދޭ. އަދި މިޕްރޮގްރާމާއެކު އާކަންކަމަށް ލޯހުޅުވެންފެށި." އީޝަލް ބުންޏެވެ.

އީޝަލް އުގައިލް ފައުންޑޭޝަނުން ހިންގާ ލީޑާރސް އޮފް ޓުމޯރޯ ޕްރޮގްރާމުގައި ބައިވެރިވަމުންދަނީ ރެހެންދި ސްކޫލްގެ ގްރޭޑް އަށެއްގައި ކިޔަވަމުންނެވެ. އީޝަލް ބުނީ ސްކޫލަށް ދަމުންނާ ސްކޫލްގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވަމުންވެސް އަމިއްލަ ނަފްސަށް ކުރިއެރުން ގެނެސްދޭ މިފަދަ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ހިޔާރުކުރުމީ އީޝަލް މިހާތަނަށް ނިންމި އެންމެ މުހިންމު ނިންމުންކަަމަށެވެ.

ކޯޑިންގ އަށާއި، ހިސާބު، ސައިންސް، އަދި ފޮރިންސިކްސްގެ އިތުރުން އެކި ލެންގުއެޖް ދަސްކުރުމަށާއި އާކަންކަން ދަސްކޮށްލަން އެންމެ ބޭނުންވާ އީޝަލް ބުނީ ލީޑާރސް އޮފް ޓުމޯރޯ ފަދަ ޕްރޮގްރާމަކީ މިކަންކަމަށް އެޅުނު ބިންގަލެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން