ގައިންގަޔަށް ނާރާ ބަލިތަކަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރަންޖެހޭކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އޭޑީކޭގެ އަހަރީ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާ އެކަމަށް ބޮޑު ހޭދައެއް ކުރިނަމަވެސް ބަދަލެއް އަންނާނީ ރައްޔިތުންގެ ވިސްނުމާ ހިސާބުން ބަދަލު ގެނެވިގެންކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް ވަރަށް ގިނަ ކަމަށާއި ބަލީގެ ކުރިއަށް ވިސްނާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އަވަސްވެގަންނަން ޖެހޭކަމަށެވެ.
ފައިސަލް ވިދާޅުވީއިތުރުވަމުންދާ ގައިންގަޔަށް ނާރާ ބަލިތަކާއި ފުއްޕާމޭގެ ބަލިތަކާއި ޚާއްސަކޮށް ކެންސަރު ފަދަ ބަލިތަކުން އަރައިގަނެވޭނީ ރައްޔިތުންގެ ވިސްނުން ބަދަލުކުރެވިގެންކަމަށެވެ.
ނާއިބު ރައީސްގެ ވާހަކަފުޅުގައި ވަނީ އޭޑީކޭއިން ރާއްޖޭގެ ސިއްޙީ ދާއިރާއަށް ކޮށްދެއްވަމުންގެންދަވާ ޚިދުމަތް ފާހަގަކުރައްވާފައެވެ.
1987 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު އޭޑީކޭއިން ފެށި ސިއްޙީ ޚިދުމަތަށް މިހާރު ވަނީ 35 އަހަރުވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު