ރާއްޖޭގެ ހުރިހާ ރަށެއްގައި ރަނގަޅު ފެންވަރުގެ އެމްބިއުލާންސް ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން އެސްޓީއޯއާ ހަވާލުކޮށްގެން ގެންނަ އެމްބިއުލާންސްތަކުގެ 4 ވަނަ ޝިޕްމަންޓް ރާއްޖެ ގެނެސްފިއެވެ.
އެސްޓީއޯއިން ބުނީ މިފަހަރު ގެނައި ޝިޕްމަންޓްގައި 21 އެމްބިއުލާންސް ގެނެސްފައިވާކަމަށެވެ. އަދި މި އެމްބިއުލާންސްތަައް ފޮނުވަން ހަމަޖެހިފައިވާ ރަށްތަކަށް ވަރަށް އަވަހަށް އެމްބިއުލާންސް ފޮނުވާނެކަމަށް އެސްޓީއޯއިން ބުނެއެވެ.
އެގޮތުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއާއި ވަނީ ހަވާލުކޮށްފައެވެ. އެސް.ޓީ.އޯއާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން، އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ރާއްޖެގެނެސް މިނިސްޓްރީއާ ޙަވާލުކުރުމަށް ދީފައިވަނީ 180 ދުވަހުގެ މުއްދަތެވެ. މީގެތެރެއިން ގިނަ އަދަދެއްގެ އެމްބިއުލާންސް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.
މި އެމްބިއުލާންސްތައް ގެނަސް އަތޮޅުތެރޭގައި ޚިދުމަތް ދޭން ފެށުމުން، ކާރިސާގެ ވަގުތުތަކުގައްޔާއި، އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ދެވޭނެކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

Pleased to announce the arrival of 4th batch of #Ambulances with 21 units as agreed under MOU with @MoHmv 😊
— STO (@stoplc) March 19, 2022
Our aim is to handover these units to the respective islands asap to help strengthen the #Healthcare system of remote islands. pic.twitter.com/F9LrrTwSqR
އެގޮތުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއާއި ވަނީ ހަވާލުކޮށްފައެވެ. އެސް.ޓީ.އޯއާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން، އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ރާއްޖެގެނެސް މިނިސްޓްރީއާ ޙަވާލުކުރުމަށް ދީފައިވަނީ 180 ދުވަހުގެ މުއްދަތެވެ. މީގެތެރެއިން ގިނަ އަދަދެއްގެ އެމްބިއުލާންސް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.
މި އެމްބިއުލާންސްތައް ގެނަސް އަތޮޅުތެރޭގައި ޚިދުމަތް ދޭން ފެށުމުން، ކާރިސާގެ ވަގުތުތަކުގައްޔާއި، އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ދެވޭނެކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު