ކާފޫރު ތޮޅިއަކީ އޭޝިޔާ ބައްރުގެ ގިނަ ގައުމުތަކުގައި އެކި ކާނާގެ ބާވަތްތައް ތައްޔާރުކުރުމަށް ބޭނުންކުރާ އެއްޗެކެވެ. ކާއެއްޗެހީގެ ރަހަ މީރުކޮށްލުމުގެ އިތުރުން ކާފޫރު ތޮޅިއަކީ ހަށިގަނޑަށް އެތައް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ.

ސިއްހީ ގޮތުން އެކި ފައިދާ ލިބިދޭ ކާފޫރު ތޮޅިއަކީ ޕޮލިޑިޕްސިއާ ބަލި ތަހައްމަލު ކުރާ ފަރާތްތައް ބޭނުން ކުރުމަށް ރަނގަޅު ކާނާގެ ބާވަތެއްކަމަށްވެސް އަޔުރްވެދާ ޑޮކްޓަރުން ލަފާދެއެވެ. ޕޮލިޑިޕްސިއާ ބައްޔަކީ ފެން ބުޔަސް އަބަދު ކަރުހިއްކުން ތަހައްމަލު ކުރަން ޖެހޭ ބައްޔެކެވެ.

މީގެއިތުރުން، ކާފޫރު ތޮޅިއަކީ ހަށިގަނޑުގެ ހަޖަމު ކުރާ ނިޒާމަށް ފައިދާ ހުރި ބާވަތެކެވެ. އެގޮތުން ބަނޑު މާ ފުރިފަ ހުރުން ނުވަތަ ބްލޯޓް ވުމާއި ގޭހުގެ އުނދަގޫ ވުމުން ސަލާމަތްވުމަށް ކާފޫރު ތޮޅިން އެކި ފައިދާ ކުރާ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އަދި ނޭވާ އަށް އުނދަގޫ ކުރުމާއި، ބްލަޑް ޕްރެޝަރ އަދި ކުޑަ ކަމު ދިއުމުގައި އުނދަގޫތައް ކުރިމަތިވާ ފަރާތްތަކަށް ކާފޫރު ތޮޅިއަކީ ރަނގަޅު ކާނާގެ ބާވަތެއްކަމަށް ހަކީމީ ބޭސްވެރިން ބުނެއެވެ.

އެގޮތުން ރަނގަޅު ޑައިޓެއްގައި ކާފޫރު ތޮޅި ހިމަނާލުމަކީ ސިއްހަތައް ވަރަށް ފައިދާ ހުރި ކަމެކެވެ.

ހަށިގަނޑަށް ފައިދާކުރާނެ ގޮތަށް ކާފޫރު ތޮޅި ބޭނުންކުރާނެ ގޮތްތަކުގެ ތެރޭގައި:-

▪︎ ހޫނު ކަޅު ސައިތަައްޓަކަށް ކާފޫރު ތޮޅި އަޅައިގެން ބޭނުން ކުރުން

▪︎ ހަކުރު ނާޅާ ކާޑަމަން ޓީ، ނުވަތަ ކާފޫރު ތޮޅި ސައިތައްޓެއް ކެއުމުގެ ކުރިން ބުއިން

▪︎ މުގުރި ކާފޫރު ތޮޅި މާމުޔާ އެއްކޮށްގެން ބޭނުންކުރުން

▪︎ އަނގައިން ނުބައިވަސް ކަނޑުވާލުމަށް ހުހައް ކާފޫރު ތޮޅި ކެއުން


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން