(ވާތުން ކަނާތަށް) އަދިއްތިޔަ ނާރާޔަން އަދި އޭނާގެ ބައްޕަ އުދިތު ނާރަޔަން.
(ވާތުން ކަނާތަށް) އަދިއްތިޔަ ނާރާޔަން އަދި އޭނާގެ ބައްޕަ އުދިތު ނާރަޔަން.
އިންޑިޔާގެ ޓީވީ ޝޯވްތައް ހުށައެޅުމުގައި މަގުބޫލުކަން ހޯދާފައިވާ އަދިއްތިޔަ ނާރާޔަން ޓީވީ ޝޯވތައް ހުށައެޅުން ހުއްޓާލައިފިއެވެ.

2007 ވަނަ އަހަރު އިންޑިޔާގެ ޓީވީ ޝޯވ "ސަރެގަމަޕަ" ލަވަ މުބާރަތުން ޓީވީ ޝޯވތައް ހުށައަޅަން ފެށި އަދިއްތިޔަ ނާރާޔަން ވަނީ ސަރެގަމަޕައިގެ 9 ސީޒަން ހުށައަޅައިދީފައެވެ. މީގެ އިތުރުން އެކްސް ފެކްޓަރ އިންޑިއަރ، އެންޓަރޓެއިންމެންޓް ކީ ރާތު، ރައިޒިންގ ސްޓަރ، ކިޗެން ޗެމްޕިއަން، އަދި އިންޑިއަން އައިޑޮލް ފަދަ ޓީވީ ޝޯވްތައްވެސް އަދިއްތިޔަ ވަނީ ހުށައަޅައިދީފައެވެ.

ޓީވީ ޝޯވްތައް ހުށައެޅުމުގެ އިތުރުން އަދިއްތިޔަ ނާރާޔަންއަކީ މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އޭނާގެ ބައްޕަ އުދިތު ނާރަޔަން ފަދައިން ކާމިޔާބު ރީތި އެތައް ލަވަތަކެއް ރިލީޒްކޮށްފައިވާ އަދިއްތިޔަ ހާމަކޮށްފައިވާގޮތުގައި ޓީވީ ޝޯވްތައް ހުށައެޅުން ހުއްޓާލިނަމަވެސް ލަވަކިޔުން ދޫކޮށްނުލާނެއެވެ.

ގިނަބައެއްގެ ލޯބި ލިބެމުންދާ އަދިއްތިޔަ ނާރާޔަން މުނިފޫހިފިލުވުމުގެ ދާއިރާއިން އެންމެ ފުރަތަމަ ފެނިގެންގޮސްފައިވަނީ 1995 ވަނަ އަހަރު ރިލީޒްކޮށްފައިވާ ހިންދީ ފިލްމު ރަންގީލާއިން އެކްޓަރެއްގެ ރޯލުންނެވެ. ރަންގީލާ ފިލްމުގެ އެންމެ ކާމިޔާބު އެއްލަވަ "ރަންގީލާރޭ" ލަވައަކީ އާޝާ ބޯސްލޭ އަދި އަދިއްތިޔަ ނާރާޔަން ކިޔާފައިވާ ލަވައެކެވެ.

މީގެއިތުރުން ހިންދީ ފިލްމު ޕަރްދޭސް އަދި ޖަބް ޕިޔާރް ކިސީސޭ ހޯތާހޭ އިން ކުޑަ ކުއްޖެއްގެ ރޯލުން އަދިއްތިޔަ ނާރާޔަން ފެނިގެން ގޮސްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން