ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އާލިޔާ ބަޓް ލީޑުން ފެނިގެންދާ ހިންދީ ފިލްމު ގަންގޫބާއީ ކަތިއަވަޑި ނެޓްފްލިކްސްގައި ރިލީޒްކުރުމަށް ހަމަޖެހިއްޖެއެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް "މާފިޔާ ކުއީންސް އޮފް ބޮމްބޭ" ނަމުގައި ޝާއިޢުކޮށްފައިވާ ފޮތް އަސްލަކަށް ބަލައިގެން އުފައްދާފައިވާ މިފިލްމަކީ ސަންޖޭލީލާ ބަންސާލީ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. މިފިލްމުގައި ގަންގޫބާއީގެ ރޯލުން ފެނިގެންދަނީ އާލިއާ ބަޓެވެ.

މިފިލްމު ފުރަތަމަ ސިނަމާތަކަށް ރިލީޒްކޮށްފައިވަނީ ހުސްވިމަހުގެ 25 ވަނަދުވަހުއެވެ. މިފިލްމު ސިނަމާތަކަށް ރިލީޒްކުރީއްސުރެން ދުވަހެއް ދުވަހަކަށް ލިބެމުންދާ ކާމިޔާބީ ދަނީ އިތުރުވަމުންނެވެ.

ކުރިން މިފިލްމު ނެޓްފްލިކްސްގައި ރިލީޒްކުރަން ހަމަޖެހުނީ ފިލްމު ސިނަމާތަކަށް ރިލީޒްކުރާތާ މަސް ދުވަހުގެ ތެރޭގައެވެ. ނަމަވެސް ގަންގޫބާއީ ކަތިއަވަޑިއަށް ސިނަމާތަކުން ލިބެމުންދާ ކާމިޔާބީ ފެނި، މިފިލްމު ނެޓްފްލިކްސްގައި ރިލީޒްކުރުން މިހާރު ވަނީ ފަސްކޮށްފައެވެ.

މިހާރު މިފިލްމު ނެޓްފްލިކްސްގައި ރިލީޒްކުރަން ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ފަހުކޮޅުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން