ޖޭއެސްސީގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސައިން (މ)
ޖޭއެސްސީގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސައިން (މ)
ސިވިލް ކޯޓަށް 02 ފަނޑިޔާރުން ޢައްޔަނުކޮށްފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން ޖޭއެސްސީން ހާމަކޮށްފިއެވެ.

ޖޭއެސްސީން މިއަދު ބުނީ ސިވިލް ކޯޓަށް 02 ފަނޑިޔާރުން ހޯދުމަށް އެކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެމަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި، އިންޓަރވިއު ކޮށްފައިވާ ކަމަށެވެ.

އެގޮތުން އިންޓަރވިއުގައި އެންމެ ޤާބިލުކަމަށް، ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އެރުވުމުން، ސ.ފޭދޫ، ފިތިރޯނުގެ، އަލްއުސްތާޛާ ޒުލައިޚާ ޝީޒާ އަދި ގއ.މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދު ސިވިލް ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރުމަށް 2022 ފެބްރުއަރީ 16 ވަނަ ދުވަހު ބޭއްވުނު ކޮމިޝަނުގެ މި އަހަރުގެ 10 ވަނަ ޖަލްސާއިން ވަނީ ނިންމާފައި ކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.

އަލްއުސްތާޛާ ޒުލައިޚާ ޝީޒާ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަރސިޓީ އިން ބެޗްލާސް އޮފް ލޯސް (އޮނަރސް) ޙާޞިލްކުރައްވައި، ބަރކްބެކް ކޮލެޖް، ޔުނިވަރސިޓީ އޮފް ލަންޑަންއިން މާސްޓަރ އޮފް ލޯސް އިން ކޮންސްޓިޓުޝަނަލް ޕޮލިޓިކްސް، ލޯ އެންޑް ތިއަރީ ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، އަލްއުސްތާޛާ ޒުލައިޚާ ޝީޒާ ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސެލް، ސީނިއަރ ސްޓޭޓް އެޓާރނީ އަދި ސްޓޭޓް އެޓާރނީ މަޤާމުގައި 3 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

އަލްއުސްތާޛު އަޙްމަދު ނިމާލް ވަނީ ވިލާ ކޮލެޖްއިން ބެޗެލާރސް އޮފް ޝަރީޢާ އެންޑް ލޯ (އޮނަރސް) ޙާޞިލްކުރައްވާފައެވެ. އަލްއުސްތާޛު އަޙްމަދު ނިމާލް ވަނީ ފަރްހާން ޒަމީލް އެންޑް ނިމާލްގެ މެނޭޖިންގް ޕާރޓްނާރގެ ގޮތުގައި 1 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ.

އަލަށް އައްޔަނުކުރުމަށް ނިންމާފައިވާ މިދެ ފަނޑިޔާރުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ 2022 މާރިޗް 15 ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން