މިލާ ކުނިސް އަދި އޭނާގެ ފިރިމީހާ އެޝްޓަން ކުޗަރ.
މިލާ ކުނިސް އަދި އޭނާގެ ފިރިމީހާ އެޝްޓަން ކުޗަރ.
ރަޝިޔާއިން ދެމުންދާ ހަމަލާތަކާއެކު ޔުކްރެއިނަށް އެހީވުމަށް ފިލްމީ ތަރި މިލާ ކުނިސް ގޮވާލައިފިއެވެ.

ޔުކްރެއިނަށް އުފަން ފިލްމީ ތަރި މިލާ ކުނިސްގެ ފޭނުންނަށް ދިން މެސެއްގައި ޔުކްރެއިނަށް އެހީވުމަށް ގޮވާލުމުގެ އިތުރުން، ޔުކްރެއިނަށް އުފަންވީތީވެސް މިއަދު ފަޚުރުވެރިވާކަމަށް ހާމަކޮށްފައިވެއެވެ.

"އަހަންނަކީ އެމެރިކާގެ ރައްޔިތެއް. އަަހަންނަށާއި އަހަރެންގެ އާއިލާއަށް އެމެރިކާއިންކޮށްދިން ކަންތަކަށް އުފާކުރަން. އެކަމު މިއަދު އަދި މާ ފަޚުރުވެރިވޭ ޔުކްރެއިނަށް އުފަންވީތީ." މިލާ ބުންޏެވެ.

"މިފަދަ ލާއިންސާނީ ހަމަލާތަކަކީ ބަލައިގަނެވޭނެ އަމަލެއް ނޫން."

ރަޝިޔާއިން ޔުކްރެއިނަށް ހަމަލާތައް އަމާޒު ކުރުމާއެކު މިލާ ކުނިސް އަދި އޭނާގެ ފިރިމީހާ ދަނީ މީސްމީޑިއާ މެދުވެރިކޮށް ޔުކްރެއިނުގެ ހާލަތު ދައްކުވައިދޭން މަސައްކަތްކުރަމުންނެވެ. އަދި ރެފިއުޖީންގެ ގޮތުގައި ޔުކްރެއިނުން އެހެން ގައުމުތަކަށް ދަތުރުކޮށްފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީހޯދުމުގެ މަސައްކަތުގައިވެސް މިދެތަރިން ދަނީ މަސައްކަތްކުރަމުންނެވެ.



ޓީވީ ސީރީޒް "ދަ ސެވަންޓީޒް ޝޯވް" އިން މަގުބޫލުކަމެއް ލިބިގެންދިޔަ މިލާކުނިސް އުފަންވީ 1983ގައި ޔުކްރެއިނުގެ ޗަރނަވްޓްސީއަށެވެ. މިލާކުނިސް އޭނާގެ އާއިލާއާއެކު އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފަައިވަނީ 1991 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން