މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް
މާލޭސިޓީ ކައުންސިލަށް ލިބެންއޮތް އާމްދަނީއަށް ސަރުކާރުންދަނީ ހުރަސްއަޅަމުން ކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

މީގެ ކުރިން މާލޭ ސިޓީގެ މޭޔަރު ޑރ. މުޢިއްޒުވެސް ވަނީ މާލެ ސިޓީ ކައުންސިލްގެ ކުންފުނި އުފެއްދުމުގެ ހުއްދަ ދިނުން ލަސްވެފައިވާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. މޭޔަރު ވިދާޅުވެފައިވަނީ ކައުންސިލްގެ ކުންފުނި އުފެއްދުމަށްއެދި އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅިފަހުން 4 މަސް ވެފައިވާކަމަށެވެ.

އެކަމާ ގުޅިގެން ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވެފައިވަނީ ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރުތަކުގެ ތެރެއިން ކައުންސިލް އުފައްދުމަށް ބާރު ލިބޭ ކުންފުނިތައް ހެދުމަށް ދޭންޖެހޭ ހުއްދަ އިޤްތިޞާދީ ވުޒާރާއިން ލިބިފައިނުވާކަމަށް ވިދާޅުވެފައެވެ. އޭގެއިތުރުން ކައުންސިލަށް ލިބެންއޮތް އާމްދަނީއަށް ސަރުކާރުންދަނީ ހުރަސްއަޅަމުން ކަމަށް ނަރީޝް ތުހުމަތު ކުރެއްވިއެވެ.

"ކައުންސިލްތަކަށް ލިބެން އޮތް އާމްދަނީ އަށް ހުރަސްއަޅަމުން ދިއުމަކީ ލަތުވެތި ކަމެއް." އިޤްތިޞާދީ ވަޒީރު ފައްޔާޒަށް ނިސްބަތްކުރަށްވައި ނަރީޝް ވިދާޅުވިއެވެ.



މާލެ ސިޓީގައި ހައުސިން މަޝްރޫޢުތަކެއް ހިންގުމަށް މާލޭސިޓީ ލޯކަލް އޮތޯރިޓީ ކޮމްޕެނީ އުފެއްދުމަށް ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން ކައުންސިލްގެ އެކްޝަން ޕްލޭންގައި ހިމެނޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްވެސް ސަރުކާރުން އެއްބާރުލުން ދެމުން ނުގެންދާކަމަށް މީގެ ކުރިން ކައުންސިލްގެ މޭޔަރ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން